ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މީހާގެ ކެއިން ބުއިމުގެ އާދަތަކަށް ވަރަށް ބޮޑަށް ބަލަން ޖެހެއެވެ. އަޅުގަނޑުމެންގެ ކެއުމުގެ އާދަތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދުޅަހެޔޮކަމާއި އުމުރަށް ވަރަށް ބޮޑު އަސަރުތަކެއް ކުރެއެވެ. އަޅުގަނޑުމެންނަށް ކެވޭ ކާނާގެ ސަބަބުން ބައެއް ފަހަރު ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީވެސް ވެދާނެ ކަމެކެވެ.
އެގޮތުން ބަލާއިރު ޕްރޮސެސް ކޮށްފައި ހުންނަ މަހުގެ ބާވަތްތައް ކާނަމަ އޭގެ ސަބަބުން މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތައް ކުރެއެވެ. ބޭކަން އަދި ސޮސެޖު ފަދަ ޕްރޮސެސް ކޮށްފައި ހުންނަ މަހުގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ނައިޓްރޭޓްސް އާއި ނައިޓްރައިޓްސް ހިމެނޭ ބާވަތްތަކެވެ. މި މާއްދާތަކަކީ ކެންސަރު ޖެހުމުގެ ރިސްްކު އިތުރު ކޮށްދޭ މާއްދާތަކެކެވެ.
އަދި ތަފާތު އެކިކަހަލަަ އެނާޖީ ޑްރިންކުތަކާއި ސޮޑާ ތަައް ބޭނުން ކުރުމުންވެސް ސިއްހަތަށް ވަރަށް ގެއްލުން ވެއެވެ. މި ބުއިންތަކަކީ އޭގައި ގިނަ އަދަދަކަށް ހަކުރާއި ކެލޮރީތައް ހިމެނޭ ބުއިންތަކެކެވެ. އެހެެންވެ މި އެއްޗެހި ބޯނަމަ ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވެ، މީހާގެ ބަރުދަންވެސް އިތުރުވެއެވެ.
މީގެ އިތުރުން ޓްރާންސްފެޓު ހިމެނޭ އެއްޗެހި ބޭނުން ކުރުމަކީވެސް އޭގެ ސަބަބުން ސިއްހަތަށް ވަރަށް ގެއްލުންވާ ކަމެކެވެ. ޓްރާންސްފެޓަކީ ހަށިގަނޑަށް އެންމެ ގެއްލުންވާ ފެޓު ކަމަށްވީއިރު، މި އެންމެ ގިނައިން ހުންނާނީ ޕްރޮސެސް ކޮށްފައި ހުންނަ ކާބޯތަކެތީގައެވެ. މި އެއްޗެހި ބޭނުން ކުރާނަމަ ކޮލެސްޓްރޮލް މަތިވެ، އޭގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
މި ކާނާތައް ކެއުން ހުއްޓާލުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މިފަދަ ކާނާ ކެއުން މަދުކޮށް، ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު