މަރްޔަމް ނަހްދާ ވަޙީދު   11 ފެބްރުއަރީ 2025 - 4:3
އޯޓިޒަމް ހުންނަ ކުއްޖަކު ކުޅެނީ- ގޫގުލް އިމޭޖެސް
އޯޓިޒަމް ހުންނަ ކުއްޖަކު ކުޅެނީ- ގޫގުލް އިމޭޖެސް
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ އަކީ ތުއްތު ކުދިންގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭގައި ފާހަގަކުރެވޭ ސިކުނޑި ތަރައްޤީވެ ހެދި ބޮޑުވުމުގައި ދިމާވާ މައްސަލަ ތަކެކެވެ. އޭގެ ސަބަބުން މުޢާމަލާތްކުރުމާއި، އިޖުތިމާޢީ ގުޅުން ކުޑަވުންވެސް ހިމެނެއެވެ.

މިފަހަރު މި ހިމަނާލަނީ އޯޓިޒަމް ހުންނަ ކުއްޖެގެ ފަރާތުން ފެނިގެންދާނެ ބައެއް ނިޝާންތަކެވެ.

ނަމުން ގޮވުމުން އިޖާބަ ނުދިނުން

އޯޓިޒަމް ހުންނަ ކުދިން އެހެން މީހުން ދައްކާ ވާހަކަ ތަކާއި އިޝާރާތްތަކަށް ސަމާލުކަން ނުދިނުމަކީ ވަރަށް އާންމު ކަމެކެވެ. މިސާލަކަށް ތިބާ އެއްޗަކަށް އިޝާރާތްކޮށްފިނަމަ، އެކުދިން އެ އިޝާރާތަށް ބަލައި ނުގަތުން އެކަށީގެންވެއެވެ.

އިޖްތިމާއީ ގުޅުންތަކަށް ޝައުގުވެރި ނުވުން

އޯޓިޒަމް ހުންނަ ކުދިން އެހެން މީހުންނާ ގުޅުން ބަދަހިކުރުމަށް ޝައުޤުވެރި ނުވުން އެކަށީގެންވެއެވެ. އޭގެ ބަދަލުގައި އެކުދިން ބޭނުންވަނީ އެކަހެރިވެ ހުރެ އަމިއްލައަށް ކުޅެންށެވެ.

ޖަޒުބާތުތައް ދެނެގަތުމަށް ދަތިވުން

އޯޓިޒަމް ހުންނަ ކުދިންނަށް އެހެން މީހުންގެ ޖަޒުބާތުތައް ދެނެގަތުމަށް އުނދަގޫވުން އެކަށީގެންވެއެވެ. މިހެންކަމުން އެކުދިންނަށް އެހެން މީހުންގެ މޫނުމަތިން ފެންނަ ކަންތައްތައް ދެނެގަންނަން ނޭނގިދާނެއެވެ.

ތަކުރާރުކޮށް އެއްް ކަމެއް ކުރުން

އޯޓިޒަމް ހުންނަ ކުދިން ތަކުރާރުކޮށް އެއް އަމަލެއް ކުރުމަށް ވަރަށް ޝައުގުވެރި ވެއެވެ. މިސާލަކަށް، އެއްޗެހި ދުއްވުން ނުވަތަ ވަކި ގޮތަކަށް ހަރަކާތްކުރުން ފަދަ ކަންކަން ތަކުރާރުކޮށް ކުރުން ހިމެނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން