ހަމާސްއިން މިނިވަންކުރި އަސީރުންތަކެއް--
ހަމާސްއިން މިނިވަންކުރި އަސީރުންތަކެއް--
އިސްރާއިލުން ޣައްޒާގައި ހިންގަމުން ދިޔަ ގަތުލު އާންމު މެެދުކަނޑާލަން އެއްބަސްވުމަށް ފަހު ވެސް ހަމަލާތައް ދެމުންދާތީ އަސީރުން މިނިވަންކުރުމުގެ މަސައްކަތް ހަމާސްއިން މެދުކަނޑާލައިފި އެވެ.

ޢައްޒާއާ އިސްރާއިލާ ދެމެދު ދެމުންދާ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ. ހަމަލާތައް މެދުކަނޑާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިސްރާއިލުގެ 33 މީހުންނާއި ފަލަސްތީނުގެ 2000 މީހުން މިނިވަންކުރަން ވަނީ އެއްބަސްވެފަ އެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އިސްރާއިލުން ހަމަލާތައް ދިނުމުގެ އިތުރުން ޣައްޒާއަށް އެހީ ވެއްދުމަށް ވެސް ހުރަސް އަޅަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވުމުގައި ބުނާ ހުރިހާ ކަމެއް ވާނީ ފުރިހަމަކޮށްފައި. ނަމަވެސް އިސްރާއިިލުން އެއްބަސްވުމަށް އަމަލެއް ނުކުރޭ. އިސްރާއިލުން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ފެށުމުން ނޫނީ އަސީރުން ދޫކުރަން ދެން ނުފަށާނެ" ތަރުޖަމާނު ވިދާޅުވި އެވެ.

އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މުޅި ޣައްޒާ އެއްކޮށްހެން ވަނީ ފުނޑުފުނޑުވެފަ އެވެ. އަދި ޝަހީދުވީ މީހުންގެ އަދަދު 60،000ން މައްޗަށް އަރަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުތައް އަދިވެސް ތިބީ ބިމާ ހަމަވެފައިވާ އިމާރާާތްތަކުގެ ދަށުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން