ނިރުބަވެރި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ޣައްޒާއަށް ދިން ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށް އަރާނެކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބް އުރުދުޣާން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދިން ހަލާކުގެ މާލީ އަގު 100 ބިލިއަން ޑޮލަރަށް އަރާއިރު، މި "ބޮޑު ގެއްލުމުގެ" އަގު އަދާކުރަންޖެހޭނީ ވޭތުވެދިޔަ 15 މަސްދުވަހު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރި ނަތަންޔާހޫގެ ސަރުކާރުން ކަމަށެވެ.

އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބޭއްވުނު "ތުރުކީ-މެލޭޝިއާ އައު ޤަރުނުގެ ސްޓްރެޓެޖިކް ތަޢާވުން" ބައްދަލުވުމުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާއެކު ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނިރުބަވެރި އިސްރާއީލުގެ އިދާރާތަކުން ފުރަތަމަ އެމީހުން ކުރި ހަލާކުގެ އަގު ދައްކަންޖެހޭނެ ކަމަށް އުރުދުޣާން ވިދާޅުވިއެވެ، އަދި މިއާއެކު ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފެށެންޖެހޭނެ ކަމަށް ރައީސް އުރުދުޣާން ވިދާޅުވިއެވެ.

ނަތަންޔާހޫ ޣައްޒާގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުން ނެރެ، އެމީހުން ބަދަލުކުރާނެ ތަނެއް ހޯދުމުގެ ބަދަލުގައި، އޭނާ ޣައްޒާއަށް ދިން 100 ބިލިއަން ޑޮލަރުގެ ގެއްލުމުގެ އަގު ދެއްކުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން