ފެނަކައާ ޙަވާލުކުރި ހުރިހާ އައިސްޕްލާންޓުތަކެއް މި މަހުގެ ފަނަރައިގެ ކުރިން މިފްކޯގެ ދަށަށް ބަދަލު ކުރަށްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ދަށުގައި ހުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލު ކުރަން ކަމަށެވެ.
އައިސްޕްލާންޓްތައް ފެނަކައާ ހަވާލު ކުރުމަކީ ވަރަށް ދެރަކޮށް ނިންމި ނިންމުމެއްކަން ފާހަގަ ކުރަށްވަމުން ޝިޔާމް ވިދާޅުވީ އައިސްޕްލާންތައް ހިންގުމުގެ ގާބިލްކަން ފެނަކައިގައި ނެތް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
“މި މަހުގެ 15 އެއީ އެންމެ ފަހު ތާރީހު، 15 ގައި ހުންނާނީ މިފްކޯގެ ބެލުމުގެ ދަށުގައި.” ޝިޔާމް މިއަދު ވިދާޅުވި އެވެ.
ހަމައެއާއެކު 2023 އަދި 2024 ވަނަ އަހަރާ އަޅާބަލާއިރު މަސްވެރިކަން މިއަހަރު މާ ބޮޑަށް ވެސް ރަނގަޅުވެއްޖެ ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން އެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޝިޔާމް ވަނީ ދެއްވައިފައެވެ.
އަދި މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއެކު އެއްވެސް އުނދަގުލަކާއި ނުލައި މަސްވެރިންނަށް މިސްކިރުމުގެ އިންތިޒާމް، ކުރިއަށް އޮތް ތަނުގައި ފަހިވެގެންދާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
އޭގެއިތުރުން ޝިޔާމް ވިދާޅުވީ ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންގެ ވިޔަފާރި ފުޅާ ކުރުމަށް 10 އަހަރުން ދައްކާ ގޮތަށް 700،000 ރުފިޔާއާ ހަމައަށްް އެއްވެސް ރަހުނެއް ނެތި ފަސް ޕަސެންޓް އިންޓްރެސްޓުގައި ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.
ހަމައެހެންމެ މި އަހަރު 36 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންއަށް ހާއްސަ ވަދު ކަނދުފަތި އަޅާނެ ކަމަށާއި ސްޕޯޓްސް ފިޝިންއަށް ހާއްސަ ވިއުގައެއް ގާއިމްކުރުމަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް މިއަދު މަސްވެރިންނަށް އުންމީދީ މެސެޖްތަކެއް ދެއްވާފައިވާއިރު މި ސަރުކާރު ވެރިކަމަށް އައިއިރު، މަސް ކިލޯއެއްގެ އަގު ހުރީ 22 ރުފިޔާގައެވެ. ނަމަވެސް މިހާރު ގަނޑުކުރި މަސް ކިލޯއެއް މިފްކޯއަށް ގަންނަނީ 16 ރުފިޔާ އަށެވެ. އަދި ގަނޑުނުކުރާ މަސް ކިލޯއެއް ގަންނަނީ 14 ރުފިޔާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު