ސިފައިންގެ ވެލްފެއާ ކުންފުންޏާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ނިންމައިފި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކާނަލް އަހުމަދު ޒުބައިރު އެވެ.
ސްޓެލްކޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން އެމްއެންޑީއެފްގެ އެހީގައި ސްޓެލްކޯއިން ކުރިއަށްދާ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ފުރިހަމަނުކުރާ މުވައްޒަފުން ތަމްރީންކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެއްބަސްވުމުގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވި ދާއިރާތައް:
• ބޭސިކް ފަސްޓް އެއިޑް
• ފަޔާ އެވެއާނެސް
• އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯސް
• ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިން
• ސްވިމިންގް އެންޑް ރެސްކިއު
• ލައިފް ކޯޗިންގް
އޭގެ އިތުރުން އެއްބަސްވުމުގެ ދަށުން ފަޔާ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ގާއިމުކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ އެ ކުންފުނިން ހިންގި ލީޑާޝިޕް ޕްރޮގްރާމާއެކު ބައެއް މުވައްޒަފުން މިހާާރު ވެސް ނަމޫނާ ދައްކަމުންދާ ކަމަށެވެ.
"ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގާފަ އެބަހުރި. އަދި އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފަ. އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން." ފަހުމީ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު