ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުގެ ސަބަބުން އެތައް ވިޔަފާރިއެއް ބަނގުރޫޓުވުމާ ހަމައަށް ގޮސްފައިވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ތުހުމަތު ކުރައްވައިފިއެވެ.
މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ ބަޖެޓަށް ފައިނޭންސް ހޯދުމަށް ސަރުކާރުން ބޮޑުތަނުން ފެއިލްވިތަން ފެނުނު ކަމަށެވެ. އަދި މިދިޔަ އަހަރު ސަރުކާރަށް ބޭރުން ފައިސާއެެއް ހޯދިފައި ނެތް ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރުގެ ބަޖެޓަށް ފަންޑު ހޯދާފައިވަނީ އެތެރޭގެ ޑޮމެސްޓިކް މާކެޓުން ކަމަށާއި، އެގޮތަށް ކަންތައް ކުރުމުން ކަޅު ބާޒާރަށް އަސަރު ކުރި ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ސަރުކާރުން މިހެން ކަންތައް ކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ވިޔަފާރިތައް ކުރިއަރުވަން ހުރި ފައިސާ މަދުވި ކަމަށްވެސް އަމީރު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން މިދިޔަ އަހަރު ނިމުނު އިރު ވިޔަފާރިތަކަށާއި ކޮންޓްރެކްޓަރުންނަށް ނުދައްކާ ހުރި ބިލުތަކުގެ އަދަދު ހަތް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ތުހުމަތު ކުރައްވަމުން އަމީރު ވިދާޅުވީ އާންމުކޮށް އަހަރު ނިމޭއިރު ފައިސާ ނުދެއްކި ހުންނަނީ ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާގެ ބިލުތައް ކަމަށެެވެ.
އަމީރު ވިދާޅުވީ ހަރަދު ކުޑަކުރާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، ހަރަދު ކުޑަނުކުރެވޭ ކަމަށާއި، ކޭޝް ފްލޯއަށް ބެލުމެއް ނެތި މަޝްރޫއުތައް ހިންގަމުންދާތަން ފެންނަމުންދާ ކަމަށެވެ.
އަދި ސަރުކާރުގެ މާލީ ހާމަކަން ވަރަށް ބޮޑަށް ދަށްވާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުން އަމިއްލަ ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ނުދައްކާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ ވިދާޅުވިއިރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެމްޑީޕީ ސަރުކާރުގެ ގިނަ ބިލުތަކެއް ފައިސާ ނުދައްކައި ހުރި ކަމަށާއި އެބިލުތަކަށް އެތައް މިލިއަން ރުފިޔާއެއް މި ސަރުކާރުން ދައްކާފައިވާ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު