އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕާއި އުރުދުންގެ ރަސްގެފާނު އަބްދުالله އާއި އެކު ބޭއްވި ބައްދަލުވުމުގައި ފަލަސްތީނުގެ ރައްޔިތުން އެގައުމުން ބޭރުކޮށް އެތަން ތަރައްގީ ކުރަން ދެއްކި ވާހަކަތަކަށް އުރުދުން އިން ދެކޮޅު ހައްދަވައިފިއެވެ.
ރައީސް ޓްރަމްޕުގެ ދެވަނަ ދައުރު ޖެނުއަރީ 20 ވަނަ ދުވަހު ފެށުނު ފަހުން ވައިޓް ހައުސްގައި ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރި ފުރަތަމަ އަރަބި ލީޑަރަކަށް އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ވެވަޑައިގެންނެވި އިރު މި ބައްދަލުކުރެއްވުން ވެގެން ދިޔައީ ޓްރަމްޕު އުންމީދު ކުރި ގޮތަކަށް ނޫނެވެ.
އަންގާރަ ދުވަހު ޓްރަމްޕާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރަސްގެފާނު އަބްދުﷲ ވަނީ ޓްރަމްޕުގެ ޕްލޭނާ ދެކޮޅު ހައްދައި މީޑިޔާ ކުރިމަތީ ޓްރަމްޕު ލަދުގަންނުވާފަ އެވެ.
އުރުދުން އާއި އެމެރިކާއާ ދެމެދު ތާރީހީ ގޮތުން ވަރުގަދަ ގުޅުމެއް އޮތްއިރު، ޓްރަމްޕް ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން އަސްކަރީ ހަމަލާ ދެމުންގެންދާ ޣައްޒާއިން ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ބަލައިގަތުމަށް އަބްދުالله އާއި އޭނާގެ ސަރުކާރަށް ތަކުރާރުކޮށް ޕްރެޝަރު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި އެމެރިކާއިން ވަނީ ޣައްޒާގެ ރައްޔިތުން އެގައުމުން ހުސްކޮށް އެތަން އެމެރިކާއަށް "ނަގާ" "މިލްކު" ކުރާނެ ކަމަށް ބުނެފަ އެވެ.
އަންގާރަ ދުވަހުވެސް ޓްރަމްޕް ވިދާޅުވީ މިއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އުރުދުން އިން ބުނީ އެ ބިމާމެދު ކަންކުރަންވީގޮތް އެނގޭނީ އެ ބިމުގެ އަހުލުވެރިންނަށް ކަމަށެވެ. އަދި އެތަން އާބާދު ކުރަން އަރަބި ގައުމުތަކުން މަޝްވަރާ ކުރަމުންދާކަން ރަސްގެފާނު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު