ފަލަސްތީނުގެ ޣައްޒާގައި އަނެއްކާވެސް ގަތުލުއާންމު ފަށައިފި ނަމަ، ނިރުބަވެރި އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޔަމަންގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީ ހަނގުރާމަވެރިން ދީފިއެވެ.

ނިއުކްލިއަރ ހަތިޔާރުން މުއްސަނދި ވެފައިވާ އިރާންގެ މަދަދު ލިބިފައިވާ ހޫތީ ހަނގުރާމަވެރިންގެ ލީޑަރު އަބްދުލް މާލިކް އަލް-ހޫތީ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދުވީ އެއްބަސްވުމަށް އިސްރާއީލުން ބޯނުލަނބައި ޣައްޒާގައި އަލުން ގަތުލުއާންމު ފަށައިފި ނަމަ، ހޫތީ ހަނގުރާމަވެރިން ބަލަން ނުތިބޭނެ ކަމަށެވެ.

އިސްރާއީލަށް ހަމަލާ ދެވެން އޮތް ހުރިހާ ގޮތަކުން ހަމަލާ ދޭނެ ކަމަށް އަބްދުލް މާލިކް އަލް-ހޫތީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ހޫތީ ހަނގުރާމަވެރިން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އިސްރާއީލާއި އެގައުމަށް ވާގިވެރިވާ ގައުމުތަކާ ދެކޮޅަށް ނިކުމެފައެވެ. އެގޮތުން ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލާއި އެގައުމުގެ ވާގިވެރިންގެ އުޅަނދުތަކަށް ހޫތީން ވަނީ ހަމަލާ ދީފައެވެ.

ހޫތީ ހަނގުރާމަވެރިން ވަނީ މީގެ ކުރިން ރަތް ކަނޑުން ދަތުރުކުރި ބައެއް ބޯޓުފަހަރު ހައިޖެކްޓުވެސް ކޮށްފައެވެ. އެމީހުން އެކަން ކުރީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ތިބި ކަން ހާމަކުރުމަށެވެ. އެއާ އެކު، ބޯޓުފަހަރު ރަތް ކަނޑުން ދަތުރު ކުރުމަށް ޖެހިލުންވެފައިވެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ޣައްޒާ އިން އެ ގައުމުގެ ރައްޔިތުން ބޭރު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާ ވާހަކަތަކަށް ވެސް ހޫތީގެ ލީޑަރު ފާޑު ވިދާޅުވިއެވެ. ހޫތީގެ ލީޑަރު ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އެ ބިން ދޫކޮށް ނުދާނެ ކަމަށެވެ.

ހޫތީންނަކީ އެމެރިކާ އާއި އިސްރާއީލުވެސް ޖެހިލުންވާ ހަނގުރާމަވެރި ޖަމާއަތެއްކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން