ބޮލީވުޑް ގެ މަޝްހޫރު ތަރި އަމީތާބް ބައްޗަަން، މާސެޑީޒް އެސް ސީރީޒްގެ ކާރެއް ގަނެފިކަމަށް ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ހާމަ ވެއްޖެއެވެ. މިފޮޓޯތަކުން ކާރުގެ ޑެލިވަރީއާ އަމީތާބް ބައްޗަން ހަވާލުވާ މަންޒަރު ފެނެއެވެ.

ބަލިމަޑު ކަމެއް ފެތުރެމުންދާ މިދަނޑިވަޅުގައި އަގުބޮޑު ކާރެއް ގަތުމުން އަމީތާބަށް ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. އަދި ގިނަބަޔަކު ދެކޭ ގޮތުގައި މިވަގުތަކީ އެހީއަށް ބޭނުންވާ މީހުންނަށް އެހީވާންވީ ވަގުތެވެ.

އަމީތާބް ވަނީ ޖުލައިމަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 23 ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާވެސް ހޯދާފައެވެ. ޕޮޒިޓިވްވި ވާހަކައިގެ އިތުރުން، ރަނގަޅުވުމުން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށް އަމީތާބް ވަނީ ޓްވީޓްވެސް ކޮށްފައެވެ. އަމީތާބްގެ އިތުރުން އަމީތާބްގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަން އަދި އޭނާގެ އަންހެނުން އައިޝްވަރިޔާ ރާއީ ބައްޗަން އަދި އަމީތާބް ގެ ކާފަ ދަރި އަރަދިޔާ ބައްޗަން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

އަމީތާބް އެންމެ ފަހުން ފެނިފައިވަނީ ފިލްމް ގުލާބޯ ސިތާބޯގައި އަޔުޝްމަން ކުރާނާ އާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙުސައިން

06-Sep-2020

މި ހަބަރުގެ ސުރުހީގެ މަޢުލޫމާތު ނެތް!!



ޓްރެންޑިން