ފާއިތުވި 2024 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމާފައިވާ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެ 20 މީހުން އުމުރަށް ޖަލަށް ލުމުގެ އިތުރުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހަތް މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ މި މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރު 10.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.
އެ ކޯޓުން މަސްތުވާތަކެތީގެ ޖުމްލަ 137 މައްސަލައެއްގައި ގޮތެއް ނިންމާފައިވާއިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން، ފަރުވާގެ ފުރުސަތު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ މުރާޖައާ ކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނެ އެވެ.
"ނިމިދިޔަ އަހަރު، ކޯޓުން މައުޟޫއީ ގޮތުން ބަލައި ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައި ވަނީ ހަތް މައްސަލައެއްގައި. އެހެންކަމުން ކޯޓުން ހުކުމްކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތައްކަން ފާހަގަކުރެވޭ،" އެ ކޯޓުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު