ރޯދަ އެލަވަންސް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން ސަރުކާރުގެ ކުންފުނިތަކަށް އަންގައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ބޯޑުން މިއަދު ނެރުނު ސަރކިއުލާގައި ބުނީ ރޯދަ އިނާޔަތުގެ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ދޭނީ 3000 ރުފިޔާގެ އެލަވަންސް އެކަނި ކަމަށެވެ.
އަދި ރޯދަމަހާ ގުޅުވައި އިތުރު ހަދިޔާތައް ނުދިނުމަށް އެ ސަރކިއުލާގައި އަންގާފައި ވެއެވެ.
އަދި އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާނަމަ ހަމައެކަނި އަސާސީ ވަޒީފާ އޮންނަ އޮފީހުން ރޯދަ އިނާޔަތް ދިނުމަށް ވެސް ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން ރަމަޟާން މަސް ފެށޭއިރު ޕޭ ލީވް ނުވަތަ ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށާއި ނަމަވެސް ރޯދަ މަހުގެ ތެރެއިން ހިދުމަތަށް ނުކުމެއްޖެނަމަ އެ ދުވަހުން ފެށިގެން ރަމަޟާންގެ މަހުގެ ނިޔަލަށްވާ އަދަދަށް ރޯދަ އިނާޔަތް ދިނުމަށް ވެސް ސަރކިއުލާގައި އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު