ހޮލީވުޑްގެ މަޝްހޫރު ޓޯކް ޝޯ އެއްކަމަށްވާ އެލެން ޑި ޖެނެރަސްގައި ބައިވެރިވެ މަޝްހޫރު ލަަވަކިއުންތެރިޔާ މާރިއާ ކެރީ 2008 ވަނަ އަހަރު ދިން އިންޓަވިއުގައި އޭނާ ހިތްހަމަ ނުޖެހުނު ސަބަބު ހާމަކޮށްފިއެވެ.

މި އިންޓަރވިއު އަކީ މާރިޔާ ކެރީ ބަލިވެއިންކަމުގެ ވާހަކަ ފެތުރެމުން ދިޔަ ދުވަސް ވަރު ނަގާފައިވާ އިންޓަރވިއު އެކެވެ. އޭރު އޭނާ ބަލިވެ އިންކަން އެއްވެސް މީޑިއާ އަކަށް އަންގަން އޭނާ ބޭނުން ނުވީއެވެ.

ނަމަވެސް އެލެން ޑި ޖެނެރަސް ޝޯގައި މާރިޔާ ކެރީ އެކަމަށް އެއްބަސް ނުވުމުން އޭނާއަށް ޝެމްޕޭން ތައްޓެއް ދިނުމަށް ފަހު އެ ބޯން ބުނުމުން ކެރީ އެތަށި ބޯންކަމަށް ހަދައިލުމުން ވަގުތުން އެލެން ވަނީ މާރިޔާ ކެރީ އިނީ ބަލިވެތޯ ޝޯގެ ތެރޭގައި ސުވާލުކޮށްފައެވެ. އަދި މާރިޔާ ކެރީ ބަލިވެ އިންކަމަށް އެލަން ވަނީ ތުހުމަތު ކޮށްފައެވެ. އޭގެ ކުރިން ބަލިވެ އިނދެ ބައިގެން ދިއުމުގެ ހިތްދަތިކަން ތަހައްމަލު ކުރަން ޖެހުނު މާރިއާ ކެރީއަށް މިކަންތައް ވީ ހަޖަމު ކުރަން އުނދަގޫވި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނު ކަމަކަށެވެ.

އޭރު މާރިޔާ ކެރީ ނޫސްތަކަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، އޭރު އޭނާ ބަލިވެ އިންކަން ހާމަކުރަން ބޭނުން ނުވީ ކުރިން ބަލިވެ އިނދެ ބައިގެންދިއުމުގެ ހިތްދަތިކަން ތަހައްމަލް ކުރަން ޖެހުނީމާ ކަމަށާއި އަދި އެއަހަރުވެސް އޭނާ އެކަން ތަހައްމަލް ކުރަންޖެހުނު ކަމަށެވެ.

މިހާރު މާރިޔާ ކެރީއަކީ، 11 އަހަރުގެ އެއްމާބަނޑު ދެކުދިންގެ މަންމައެކެވެ.

މާރިއާ ކެރީ މިފަހުން މިވާހަކަ ހިއްސާ ކޮށްފައިވަނީ ވޮލްޗަރ އަށް ދިން އިންޓަރވިއު އެއްގައެވެ. އެ ޝޯގައި ހިނގާދިޔަ ކަންކަމާއި ބެހޭގޮތުން ކެރީ ބުނީ "އެވަގުތު ކޮޅަކީ އަހަންނަށް ވަރަށް އުނދަގޫވި ވަގުތުކޮޅެއް. އަދި އޭގެފަހުން ވެސް އެކަމުގެ ހިތްދަތިކަން އަހަރެން ތަހައްމަލު ކުރަން ޖެހުނު." އެ ޝޯއަށްފަހު ބައިގެންދިއުމުގެ ހިތްދަތިކަން އެފަހަރު ވެސް ތަހައްމަލު ކުރަން ޖެހުނު ކެރީ ބުނެފައި ވެއެވެ.

މާރިޔާ ކެރީިގެ ވާހަކަތައް މީޑިޔާގައި ހިއްސާ ކޮށްފައި މިވަނީ އެލެން ޑި ޖެނެރަސް ޝޯގެ ހޯސްޓް، އެލެން ޑި ޖެނެރަސް، މަސައްކަތުގެ މާހައުލުގައި ތަފާތު ކުރުމާއި ބުލީކުރުމުގެ ތުހުމަތުތަކެއް ކުރެވި އޭނާގެ ޝޯ ހުއްޓާލަން ޖެހިފައި ވަނިކޮށެވެ.

އެލެން ޑި ޖެނެރަސްގެ ޝޯގެ ގިނަ ބެލުންތެރިންވެސް ދަނީ ޝޯ ކުރިއަށްދާ އިރު ބައެއް ފަންނާނުންނާމެދު ބަސްމަގު ހުންނަގޮތުންނާއި އަމަލްތައް ހުންނަގޮތުން އެލެން އަށް ފާޑު ކިޔުންތައް އަމާޒުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން