ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ހުވަފެނީ ނިއޯމް ސިޓީ މަޝްރޫއަށް މިހާތަނަށް 50 ބިލިއަން ޑޮލަރު ހޭދަކޮށްފި އެވެ.
75 މޭލު ދިގު މެގަ ސިޓީއަކާއި ފްލޯޓިން ޕޯޓަކާއެކު، ތަރައްގީކުރަމުންދާ ދުނިޔޭގެ ފުރަތަމަ މިފަދަ ބޮޑު މަޝްރޫއަށް މިހާރުވެސް ގިނަ ބައެއްގެ ލޯތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ އިތުރުން ސައުދީން ދަނީ މެގަ އާޓިފިޝަލް އިންޓެލިޖެންސް (އޭ އައި) ހަބެއްވެސް ތަރައްގީ ކުރަމުންނެވެ.
ވަލީއަހުދުގެ ތަސައްވުރާ އެއްގޮތަށް ކުރިޔަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިޔަށްދާއިރު ވަގުތު ފާއިތުވަމުންދާ ވަރަކަށް މަޝްރޫއުގެ މަސައްކަތް ބޮޑަށް ދަނީ ފެންނަމުންނެވެ.
ނިއޯމް ސިޓީ މަޝްރޫއަށް ޖުމްލަ 1.5 ޓްރިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ޑެޕިއުޓީ ސީއީއޯ ރަޔަން ފައިޒް އާއި ދަ ލައިންގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ޑެނިސް ހިކީ ވަނީ މި މަޝްރޫއު ކުރިޔަށްދާގޮތާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
"ނިއޯމް އަކީ ގިގާ ޕްރޮޖެކްޓެއް ނުވަތަ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ނޫން؛ ނިއޯމް އަކީ އިގްތިސާދު ބިނާކުރުމުގެ އަސްލެއް، ރަސްކަމުގެ ތެރޭގައި ސަރަހައްދެއް އުފައްދައި، އިގްތިސާދު ތަފާތުކުރުން." ފާއިޒް ވިދާޅުވިއެވެ.
ފައިޒް ވަނީ ނިއޯމްގައި ކުރިއަރާނެ ކަމަށް ބެލެވޭ 15 ދާއިރާގެ ތެރެއިން މުހިންމު އިގްތިސާދީ ދާއިރާތަކަށް އަލިއަޅުވާލައްވާފަ އެވެ. އޭގެ ތެރޭގައި ސާފު ހަކަތަ ބޭނުންކުރުން އަލުން ކަނޑައެޅުމުގެ މަގުސަދުގައި އޮކްސަގަންގައި ހިންގާ ދުނިޔޭގެ އެންމެ ބޮޑު ހައިޑްރޯޖަން މަޝްރޫއުގެ މައްޗަށް ވެސް އޭނާ ވަނީ އަލިއަޅުވާލައްވާފަ އެވެ.
މީގެ އިތުރުން ނިއޯމް އިން ވަނީ ސައުދީ އަރަބިއްޔާގައި ހުންނަ ޑޭޓާވޯލްޓާ އެކު ފަސް ބިލިއަން ޑޮލަރުގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށް، ދެމެހެއްޓެނިވި އޭ އައި ޑޭޓާ ސެންޓަރެއް ގާއިމުކުރުމުގެ ފުރަތަމަ މަރުހަލާ ފުރިހަމަ ކޮށްފަ އެވެ.
2028 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތް ދޭން ފަށާނެ ކަމަށް ބެލެވޭ 1.5 ގިގަވޮޓްގެ މި ފެސިލިޓީ ހުންނާނީ އޮކްސަގަންގަ އެވެ.
އިމާރާތް ކުރުމުގެ ދާއިރާއަށް ބެލިކަމުގައި ވިޔަސް އިންގިލާބީ ބޮޑު ތަފާތުކަމެއް ފެންނާނެ ކަމަށް ބެލެވޭ މި މަޝްރޫއުގައި މިއަހަރުގެ ފަހުކޮޅު ބިމުން މައްޗަށް އިމާރާތް ނަގައިގެން މަސައްކަތް ފަށާނެ ކަމަށް ބެލެވެއެވެ. އަދި މިހާރުވެސް ފަތުރުވެރިންނާއި ދުނިޔޭގެ މަހުޖަނުން މި ތަނަށް ދާން ބޭނުންވާކަން ދަނީ ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު