މަރްޔަމް ނަހްދާ ވަޙީދު   13 ފެބްރުއަރީ 2025 - 7:17
މާބަނޑޫ މީހަކު ސްޓްރޯބެރީ ކަނީ- ގޫގުލް އިމޭޖެސް
މާބަނޑޫ މީހަކު ސްޓްރޯބެރީ ކަނީ- ގޫގުލް އިމޭޖެސް
މާބަނޑު ދުވަސްވަރަކީ އަންހެނެއްގެ ހަޔާތުގައި ދިމާވާ އެންމެ ނާޒުކު ދުވަސްވަރު ކަމަށްވީއިރު، މާބަނޑު ދުވަސްވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މާބަނޑު ދުވަސްވަރު ފައިދާހުރި މޭވާއާއި ތަރުކާރީ ކެއުމުން މަންމައާއި ދަރިފުޅުގެ ސިއްހަތުވެސް ރަނގަޅުވެއެވެ.

މިފަހަރު މި ހިމަނާލަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މާބަނޑު ދުވަސްވަރު ކާންވީ ބައެއްް ބާވަތްތަކެވެ.

ދޮންކެޔޮ

ދޮންކޭލަކީ އޭގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އާއި ފައިބާ ހިމެނޭ އެއްޗެކެވެ. މާބަނޑު ދުވަސްވަރު މި ކެއުމުން ބަނޑުގައި ރިއްސުން ކުޑަކޮށްދީ، ހަޖަމުގެ މައްސަަލަތަކުން މީހާ ދުރުކޮށްދެއެވެ. އަދި މި ކެއުމުން ހަށިގަނޑުގައި ހަކަތަ ހުންމަ ވަރުވެސް އިތުރުވެއެވެ.

އޮރެންޖު

އޮރެންޖަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފޮލޭޓު ހިމެނޭ އެއްޗެކެވެ. މާބަނޑު ދުވަސްވަރު މި ބޭނުން ކުރުމުން ދިފާއީ ނިޒާމު ވަރުގަދަވެ، ހަށިގަނޑަށް އަޔަން ދަމައިގަންނަ ވަރު އިތުރު ކޮށްދެއެވެ. އަދި ހަށިގަނޑު ހައިޑްރޭޓުވެސް ކޮށްދެއެެވެ.

ބެރީ

ތަފާތު އެކިކަހަލަ ބެރީތަކަކީ އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓުތަކާއި ފައިބާ އަދި ވިޓަމިން ހިމެނޭ ބަވަތްތަކެވެ. މާބަނޑު އިރު ބެރީ ކާނަމަ ބަނޑުގައި އޮތް ދަރިފުޅުގެ ސިކުނޑި އުފެދުމުގައި އެހީތެރިވެ، ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ. އަދި ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން