ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން ގެ އިންސްޓަގްރާމްގައި 22 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ރީިތި ފޮޓޯ ތަކުންނާއި އެފޮޓޯ ތަކުގެ ސަޅި ކެޕްޝަން ތަކުން އާންމުންގެ ގިނަ ބައެއްގެ ސަމާލުކަން ޝާހްރުކް ޚާން އަށް ވަނީލިބިފައެވެ.

ޝާހްރުކް ޚާންގެ އިންސްޓަގްރާމް މެދުވެރިކޮށް ވިޔަފާރި އިސްތިހާރު ކޮށްލުމަށް އާންމު ކުރެވޭ ފޮޓޯ އަކަށް 80 ލައްކަ ރުޕީސް އާއި 1 ކްރޯޑް ރުޕީސް ނަގާ ކަމަށް ފިލްމްފެއަރގައި ރިޕޯޓް ކޮށްފައެވެ.

ޝާހުރުކް ޚާން ގެ އިންސްޓަގްރާމް މެދުވެރިކޮށް ގިނަ ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރި އިސްތިހާރުކުރުމަށް ޝާހްރުކްގެ ކައިރިން އެދޭކަމަށްވެސް އެކި މީޑިޔާތަކުން ބުނެފައި ވެއެވެ. ދުނިޔޭގެ މަޝްހޫރު ފަންނާނަކާ ބަލާފައި ޝާހްރުކް ޚާން އިންސްޓަގްރާމްގެ އިސްތިހާރު ފޮޓޯއަކަށް ނަގާ އަގަކީ ބޮޑު އަގެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން