ކޮންމެ މީހަކީވެސް ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރެއް ހޭދަކުރަން ބޭނުންވާނެ މީހެކެވެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަތަކުގެ ސަބަބުން މިކަން ހާސިލް ވުމަށް ވަރަށް އުނދަގޫވެއެވެ. ކުރެވޭ ބައެއް ކަންތަކުގެ ސަބަބުން ސިއްހަތަށް ގެއްލުންވެ، މީހާގެ އުމުރު ކުރުވާ ފަހަރުވެސް އާދެއެވެ. ނުވަތަ އުމުރުގެ ބޮޑު ބައެއް ބަލިމަޑުކަމެއްގައި ހޭދަކުރަންވެސް ޖެހިދާނެއެވެ.
މިފަހަރު މި ހިމަނާލަނީ ދުޅަހެޔޮ ސިއްހަތެއްގައި ދިގު އުމުރެއް ހޭދަކުރަން ބޭނުންވާނަމަ ދުރުވާން ޖެހޭ ބައެއް އާދަތަކެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން މީހާގެ ހަށިގަނޑަށް ވަރަށް ނުރައްކާވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރު ބަލި، ހިތުގެ ބަލިތައް، އަދި ނޭވާލުމުގެ ނިޒާމުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި މީގެ އިތުރުން މީހާގެ އުމުރު ކުރުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމުގެ ފުރުސަތު ގެއްލިގެންދެއެވެ.
ގިނަ ވަގުތު އިށީނދެ ހޭދަކުރުން
ގިނަ ވަގުތު އިށީނދެގެން ހޭދަކުރުމަކީވެސް ސިއްހަތަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ބަރުދަން އިތުރުވެ، ހިތުގެ ބަލިތަކަށް މަގުފަހިވެ، އަދި ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެއެވެ. ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ގަވާއިދުން ކަސްރަތުކޮށް، ހަރަކާތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެކަށީގެންވާ ވަރަށް ނިދި ނުލިބުން
ރަނގަޅަށް ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަށީގެންވާ ވަރަށް ނިދުން ނުލިބުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވެ، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި މީހާ ސްޓްރެސް ވާވަރު އިތުރުވެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު