ދުނިޔޭގެ ބާޒާރުގައި އަވައްޓެރި އިންޑިއާއާ ދެކޮޅަށް ބާސްމަތީ ހަނޑުލުގެ މިލްކުވެރިކަމަށް ކުރި ހަނގުރާމަ ޕާކިސްތާނުން ކާމިޔާބުކޮށްފިއެވެ.
އެގޮތުން ނިއުޒީލެންޑާއި އޮސްޓްރޭލިއާ އިން ވެސް ބާސްމަތީ ހަނޑުލަކީ ޕާކިސްތާނުގެ އުފެއްދުމެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައިވާއިރު، ޔޫރަޕިއަން ޔޫނިއަން އިން ވެސް ޕާކިސްތާނާ އެއްކޮޅަށް މިފަދަ ނިންމުމެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ބާސްމަތީ ހަނޑުލުގެ މިލްކުވެރިކަން ހޯދަން ޕާކިސްތާނުން ކުރާ ދައުވާ އަށް ބުރޫ އަރުވަން އިންޑިއާ އިން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާއިރު، ބައިނަލްއަގްވާމީ ވިޔަފާރީގެ ތަޖުރިބާކާރުންނާއި ތާރީޚް ލިޔުންތެރިން ވަނީ ބާސްމަތީ ހަނޑޫ އުފެއްދީ ޕާކިސްތާނުގެ ހާފިޒްއާބާދު ޑިސްޓްރިކްޓުން ކަމަށް ސާބިތުކޮށްދީފަ އެވެ.
ޕާކިސްތާނުގެ ބާސްމަތީ ހަނޑޫ މަޝްހޫރުވެފައިވަނީ އޭގެ ވަހާއި ފެންވަރާއި ވާދަވެރި އަގުތަކުގެ ސަބަބުންނެވެ. އަދި އެގައުމުގެ ބާސްމަތީ ހަނޑޫ އެކްސްޕޯޓް ހަތަރު ބިލިއަން ޑޮލަރަށް މިހާރު އިތުރުވެފައިވާއިރު ދުނިޔޭގެ 27 ބިލިއަން ޑޮލަރުގެ ހަނޑޫ ވިޔަފާރީގައި ޕާކިސްތާނަކީ އިސް ދައުރެއް އަދާކުރާ ގައުމަކަށް މިހާރު ވަނީ ވެފައެވެ.
ޕާކިސްތާނުން ހަނޑޫ އެކްސްޕޯޓް ކުރާ މިންވަރު އިތުރުވުމުން އެކަމާ ބިރުގަނެ އިންޑިއާއިން އަންނަނީ ބާސްމަތީ ހަނޑުލުގެ ވިޔަފާރީގެ ކޮންޓްރޯލް ހޯދުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެގައުމުގެ މި މަސައްކަތުގެ ނަތީޖާއަކަށް ކުރިއެރުމެއް ލިބޭތަނެއް އަދި ނުފެނެއެވެ.
މަޝްހޫރު ޗައުދަރީ ތަންވީރު ހިމެނޭ ގޮތަށް ގިނަ އެކްސްޕޯޓަރުން ބުނާ ގޮތުގައި އިންޑިއާ އިން އުފައްދަނީ ސައްހަ ބާސްމަތީ ހަނޑުލެއްވެސް ނޫނެވެ. އެގޮތުން ޕާކިސްތާނުގެ ބާސްމަތީ ދުބާއީއަށް ފޮނުވާއިރު، އިންޑިއާގެ ވިޔަފާރިވެރިން ބާސްމަތީ ހަނޑޫ އިތުރަށް އެކްސްޕޯޓް ކުރުމުގެ ކުރިން އެމީހުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ޕާކިސްތާނުގެ ބާސްމަތީ ހަނޑޫ ރީބްރޭންޑު ކުރެ އެވެ.
މީގެއިތުރުން ތާރީޚީ ރެކޯޑްތަކުން އިންޑިއާގެ ދައުވާތައް އިތުރަށް ބަލިކަށިކޮށްލައެވެ. ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އަށް ހުށަހެޅި ތަފާސްހިސާބުތަކަށް ބަލާއިރު، 1965 ވަނަ އަހަރުގެ ކުރިން އިންޑިއާއިން ބާސްމާތީ ހަނޑޫ އެކްސްޕޯޓްކޮށްފައި ނުވާއިރު، ޕާކިސްތާނުން 1960 ގެ އަހަރުތަކުގައި ޔޫރަޕާއި ގަލްފް ޤައުމުތަކަށް ބާސްމަތީ ހަނޑޫ އެކްސްޕޯޓް ކުރަމުން ދިޔައެވެ.
ވިޔަފާރީގެ މާހިރު ޝަމްސުލް އިސްލާމް ވިދާޅުވީ އީޔޫގައި ބާސްމަތީ ހަނޑުލުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޕާކިސްތާނާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަ ލަސްތަކެއް ކުރިމަތިވި ނަމަވެސް ފިކުރީ މުދަލުގެ ގާނޫނުތަކުން އަސްލު އުފެއްދުންތެރިޔާ ހިމާޔަތް ކޮށްފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާގެ އިއުތިރާޒުތަކުގައި ’މެރިޓް‘ ނެތް ކަމަށާއި ޖިއޮގްރަފިކަލް އިންޑިކޭޝަން (ޖީއައި) ސެޓްފިކެޓް ލިބެންޖެހޭނީ ހައްގު ގޮތުގައި ޕާކިސްތާނަށް ކަމަށް ބުނެފައި ވެއެވެ.
ވިޔަފާރީގައި ޖިއޮގްރަފިކަލް ޕްރޮޓެކްޝަންގެ މުހިންމުކަން އިތުރުވަމުންދާއިރު، ބާސްމަތީ ހަނޑުލުގެ މިލްކުވެރިކަން ހޯދުމަކީ ޕާކިސްތާނުގެ މުހިންމު އިޤްތިޞާދީ އަދި ސްޓްރެޓެޖިކް އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު