ރާއްޖޭގައި ބޭސް ލިބެން ހުރީ އެންމެ ރަނގަޅު އަގުތަކުގައި ނޫން ކަމަށާއި ވަރަށް އަވަހަށް އެމައްސަލައަށް ޙައްލު ލިބިގެންދާން ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުالله ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ ބޭހުގެ ނިޒާމު ގަނޑުބަނޑުކުރަން އަބަދުވެސް ބަޔަކު އުޅޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެމަގު ފަހިވެފައިވަނީ ބައެއް ސިޔާސީ ފަރާތްތަކުންވެސް ސިއްޙީ ނިޒާމާމެދު ނުރަނގަޅު ތަޞައްވުރެއް ދެއްކުމަށް މަސައްކަތް ކުރާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ބޭސް ލިބޭ ނިޒާމު އޮތީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ބޭހުގެ އަގުތައްވެސް ހުރީ އެންމެ ރަނގަޅަށް ނޫންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި އެކަން ޙައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ބޭހުގެ މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން.” ނާޒިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ވަޒީރު ވަނީ ސިއްހީ ފަރުވާގެ އިހުމާލުގެ މައްސަލަތައް މަދު ކުރުމަށް އާ ޓްރީޓްމަންޓް ގައިޑްލައިނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މި ގައިޑްލައިން ތައްޔާރު ކުރަނީ ދުނިޔޭގެ ކަމާބެހޭ މާހިރުންގެ އެހީއާއި ރާއްޖޭގެ ފަންނީ ޑޮކްޓަރުންގެ ލަފައާއެކު ދިވެހި މުޖުތަމައަށް ފެތޭ ގޮތަށް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ދާދިފަހުންވެސް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވުމުގެ ސަބަބުން އަންހެނަކާއި އޭނާ ވިހެއި ދަރިފުޅު ނިޔާވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު