ސައުދީއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އެމްއޯޔޫގައި ސޮއިކުރުން--
ސައުދީއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އެމްއޯޔޫގައި ސޮއިކުރުން--
ސައުދީއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ސޮއިކުރި އެމްއޯޔޫއަށް ސައުދީގެ ކެބިނެޓުން ރުހުން ދީފި އެވެ.

އެ އެމްއޯޔޫގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ.

އޭގެ ފަހުން މިއަދު އިކޮނިމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމަށް ސައުދީ ސަރުކާރުގެ ކެބިނެޓުން ރުހުން ދީފައިވާ ކަމަށެވެ.

އެ އެމްއޯޔޫގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ދެ ގައުމަށް ވެސް ފުރުސަތުތައް ފަހިވާގޮތަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމާއި ޓޫރިޒަމްއާއި އިންފްރާސްޓްރަކްޗާގެ ދާއިރާއިން އެއްބާރުލުން ދިނުން އިތުރުކުރުމާއި ވިޔަފާރީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެ އެވެ.

ސައުދީއަކީ މިހާރު ރާއްޖެ މިސާލަކަށް ބަލައިގެން ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންދާ ގައުމެއްވެސް މެއެވެ.

ސައުދީ އަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް މިހާރުވެސް ދެމުން ގެންދާ ގައުމެކެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން