އިރާނުގެ ރައީސް މަހުމޫދު ޕެޒެޝްކިއާން
އިރާނުގެ ރައީސް މަހުމޫދު ޕެޒެޝްކިއާން
އިރާނުގެ ނިޔުކްލިއާ ފެސިލިޓީއަށް ހަމަލާ ދީފިނަމަ އެފަދަ 1000 ތަން ބިނާކުރައްވާނެ ކަމަށް އެ ގައުމުގެ ރައީސް މަހުމޫދު ޕެޒެޝްކިއާން ވިދާުޅުވެއްޖެ އެވެ.

އިރާނުގެ ނިއުކުލިއާ ފެސިލިޓީއަށް މި އަހަރު ހަމަލާ ދިނުމަށް އިސްރާއިލުން ތައްޔާރުވަމުންދާކަމަށް ބައެއް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

އިސްރާއިލުން ދޭން އުޅޭ ހަަމަލާއަށް އިޝާރާތްކުރައްވައި އިރާނުގެ ރައީސް ވިދާޅުވީ ނިއުކުލިއާ ފެސިލިޓީ ހަލާކުކޮށްލިޔަސް އެ ތަންތަން ބިނާކުރި މީހުންގެ ސިކުނޑި ގޮއްވާނުލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރިން އެފަދަ 1000 ތަން ބިނާކުރާނެ" ޕެޒެޝްކިއާން ވިދާޅުވި އެވެ.

އިރާނުގެ ނިއުކުލިއާ ފެސިލިޓީސް ހަދާފައި ވަނީ ފަރުބަދަތަކުގެ ވަރަށް އަޑީގަ އެވެ. އެތަން ފުންކަމުން ބިމު އަޑީގައި ހުންނަ ބަންކަރުތައް ގޮއްވާލަން ބޭނުންކުރާ މިސައިލްތަކަށް ވެސް އިރާނުގެ ނިއުކުލިއާ ފެސިލިޓީ ފޫއަޅުވާނުލެވޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިރާނުގެ ނިއުކުލިއާ ސައިޓަށް ހަމަލާދޭން އިސްރާއިލުން މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އެމެރިކާއިން އެކަމަށް އެއްބަހެއް ނުވެއެވެ.

އިސްރާއީލުން މީގެ ކުރިން ވަނީ އިރާގު އަދި ސީރިއާގައި ގާއިމުކުރި ނިއުކުލިއާ ފެސިލިޓީތައް ވެސް ގޮއްވަލާއިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން