ޝައުބާން މަހު ކީރިތި ރަސޫލާ ނަމޫނާ ދެއްކެވި ގޮތަށް ހެޔޮ އަމަލުގައި ދެމިތިބެން މިއަދު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުތުބާގައި ބުނީ ޝައުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށެވެ.
ރަސޫލާގެ އަނބިކަނބަލުން އައިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ހަދީސްއަކާ ހަވާލާ ދީ ހުތުބާގައި ބުނީ ޝައުބާން މަހަށް ވުރެ ގިނައިން ރަސޫލާ ސުންނަތް ރޯދަ ހިއްޕެވި މަހެއް ނުވާ ކަމަށެވެ. އަދި ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން މުޅި ޝައުބާން މަހު ރޯދަ ހިއްޕަވާހެން ހީވާކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
އެހެންކަމުން "ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ ބެލުމަށް މިއަދުގެ ހުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
"މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ އަމަލުކުރުން މަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެކެވެ." ހުތުބާގައި ބުނެފައި ވެެއެވެ.
ރަސޫލާހެ ހަދީސްފުޅަކާ ހަވާލާދީ ޝައުބާން މަސް ދެބައި ވުމަށް ފަހު ސުންނަތް ރޯދަ ނުހިފަން ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.
އެހެން ނަމަވެސް ކުރީ ރޯދަމަހުގެ ރޯދައެއް ގަޟާ ނުކޮށް އޮތްނަމަ ޝައުބާން މަސް ދެބައިވުމުން ވެސް ހިފިދާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު