ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފަޚުރުވެރިވެވަޑައިގަންނަވާ އެއްކަމަކީ ހިލޭ ޑިގްރީ ޕްރޮގުރާމް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙް މިހެން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތައާރަފްކުރި ހިލޭ ޑިގްރީ ސްކީމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ ހަ އަހަރު ކުރިން ތައާރަފްކުރި އެސްކީމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވީ އެ ސްކީމްގެ ދަށުން ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލެވުނު ކަމަށެވެ. އަދި އެއީ ރައީސެއްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފަޚުރުވެރިވެވަޑައިގަންނަވާ ކަންތައްތަކުގެ ތެރެއިން އެއް ކަންތައްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވިއިރު 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ޑިގްރީ ކޯސްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި 8،500 ދިވެހި ޒުވާނުން މި ޕްރޮގްރާމްގެ ދަށުން އެމީހުންގެ ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ ތަޢުލީމަކީ ހަމަހަމަކަން ގެނެސްދޭ އެއްޗެއް ކަމަށެވެ. އަދި ތައުލީމްގެ ސަބަބުން ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށްދިއުމަށާއި ޤައުމު ބިނާކުރުމަށް ފުރުޞަތުތައް ހުޅުވާލައިދޭ ކަަމަށާއި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ކާމިޔާބީއަކީ އެކަމުގެ ހެއްކެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން