މަރްޔަމް ނަހްދާ ވަޙީދު   15 ފެބްރުއަރީ 2025 - 7:42
އޮފީހަށް ދާން ގަޑިޖެހެނީ- ގޫގުލް އިމޭޖެސް
އޮފީހަށް ދާން ގަޑިޖެހެނީ- ގޫގުލް އިމޭޖެސް
ދިރިއުޅުމުގައި ކުރިއަރައިދިއުމަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން މީހާއަށް ކުރިއަރައިދާން އުނދަގޫވާ ފަހަރު ވަރަށް ގިނައިން އާދެއެވެ. އެހެންކަމުން އެފަދަ އާދަތަކާ ދުރުވުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެކެވެ.

އެގޮތުން ބަލާއިރު ދޫކޮށްލަން ޖެހޭ އެންމެ މުހިންމު އެއް އާދައަކީ ތަންތަނަށް ގަޑި ޖެހިގެން ދިއުމެވެ. މިއީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައިވާ ގޯސް އާދައެކެވެ. ވީމާ މި އާދަ ދޫކޮށް ގަޑިއަށް ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަގުތަށް ފަރުވާތެރިވާނަމަ ތިބާއަކީ އެހެން މީހުންނަށް އިހްތިރާމްކުރާ މީހެއް ކަން ދައްކުވައި ދެއެވެ. އަދި އޭގެ ސަބަބުން ދިރިއުޅުމުގައި ކުރިއަރައިދާން ފަސޭހަވެއެވެ.

ދެން އެންމެ ބޮޑަށް ދޫކޮށްލަން ޖެހޭ އެއް އާދައަކީ މީހުންގެ ތެރޭގައި އުޅޭއިރު އަބަދު ފޯނު ބޭނުން ކުރުމުގެ އާދައެވެ. މިއީވެސް ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް މިއީ އެހާ ރަނގަޅު ކަމެއް ނޫނެވެ. ފޯނު ބޭނުންކުރުން މަދުކުރުމުން ތިބާއަށް ވަށައިގެންވާ ތަކެއްޗަށް އަހަންމިއްޔަތުކަން ދެވޭނެއެވެ. އަދި އެހެން މީހުންނާއެކު ގުޅުން ބަދަހިކުރެވޭނެއެވެ.

މީގެ އިތުރުން ދެން ދޫކޮށްލަން ޖެހޭ އާދައަކީ ތިބާގެ ދިރިއުޅުމާއި އެހެން މީހުންގެ ދިރިއުޅުމާއި އަޅާކިޔުމުގެ އާދައެވެ. މިއީވެސް ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލި ދިރިއުޅުމުގައި ކުރިއަރައި ދާން އުނދަގޫވެއެވެ. ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެހެންކަމުން، އެހެންމީހުންނާ އަޅާކިޔުން ހުއްޓާލައި ތިބާގެ އަމިއްލަ ކުރިއެރުމަށް އަހަންމިއްޔަތުކަން ދިނުން މުހިންމެވެ.

ދިރިއުޅުން ރަނގަޅުކޮށް، ދިރިއުޅުމުގައި ކުރިއަރައި ދިއުމަށްޓަކައި މިފަދަ އާދަތައް ދޫކޮށްްލުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިރިއުޅުމުގައި ގެންގުޅޭ ނުބައި އާދަތައް ދޫކޮށްލައި ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީވެސް ބޮޑު ކުރިއެރުމަކަށް އެޅޭ ފިޔަވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން