ދުނިޔޭފެ ގާނޫނުތަކާ ހިލާފަށް ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައި ހިންގި ޖަރީމާތަކުން ހައްޔަރުކޮށްފައި ތިބި ޣައްޒާގެ ރައްޔިތުންގެ ތެރެއިން 369 މީހަކު މިނިވަންކުރަން ނިންމައިފިއެވެ.

ހަނގުރާމައިގެ އަސީރުންގެ ގޮތުގައި އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ 369 މީހަކު މިނިވަން ކުރުމަށް ނިންމާފައިވާއިރު މި މީހުންގެ ބަދަލުގައި މިއަދު ޣައްޒާގައި އިސްރާއީލުގެ ތިން އަސީރުން މިނިވަންކުރާނެއެވެ. އެއީ އެލެގްޒެންޑަރ ޓްރޫފަނޯވް، ސަގޫއީ ޑެކެލް-ޗެން އަދި ޔައިރް ހޯން އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި އިސްރާއީލާއެކު ނުސީދާ މަޝްވަރާތައް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ހަމާސްއިން ބުނެއެވެ.

ރަސްމީ އަދާހަމައިން ދައްކާގޮތުން، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި މިހާތަނަށް 48،239 މީހުން ޝަހީދުވެ، 111،676 މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް އެގައުމުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާގޮތުގައި ގެއްލިފައިވާ އެތައް ހާސް ބަޔަކު މިހާރު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ މަރުވި މީހުންގެ އަދަދު 61،709 އަށް އަރާނެ ކަމަށް ބެލެވެ އެވެ.

އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން