ޒަޔަނިސްޓުންގެ ދޮގުތަކަށް އިޖާބަދިނުމުން ހަމައެކަނި ވާނެ ކަމަކީ، ހަމަނުޖެހުންތައް އިތުރުވުން ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ ޒަޔަނިސްޓުންގެ ދޮގުތަކަށް އިޖާބަދިނުމުން ހަމައެކަނި ވާނެ ކަމަކީ، ހަމަނުޖެހުންތައް އިތުރުވުން ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުއިރުމައްޗާ ގުޅޭގޮތުން ޖަހަމުންދަނީ، "ނުބައި ހިސާބުތަކެއް" ކަމަށެވެ.

ރައީސް އުރުދުޣާން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ ޣައްޒާއިން ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން ނެރެ، އެތަނުގެ ބާރު އެމެރިކާގެ ދަށަށް ގެނެސް، އެތަން މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މަރުކަޒަކަށް ހެދުމަށް ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށްވެސް ދެކޮޅު ހަދާފައިވަނިކޮށެވެ.

ޣައްޒާއަށް ނިރުބަވެރި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ނަސްލު ފޮހެލުމުގެ ޢަމަލުތަކެއް ކަމަށް ބުނެ، އިސްރާއީލުގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅުތައް އެޅުމަށްވެސް އުރުދުޣާން ގޮވާލާފައިވެއެވެ.

"މި ސަރަޙައްދުގެ ތާރީޚާއި، އަގުތަކާއި، މުއްސަނދިކަން އެއްކިބާކޮށްލާ އުސޫލަކުން ކަންކަން ކުރިއަށް ގެންދިއުމަކީ ރަނގަޅުކަމެއް ނޫން،" މެލޭޝިއާ، އިންޑޮނޭޝިއާ އަދި ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވިއެވެ.

މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް އުފެއްދުމުގެ ބަދަލުގައި، އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް ސުލްޙައަށް މަގުފަހިކުރާނެ ފިޔަވަޅުތަކެއް ޓްރަމްޕް އަޅުއްވާނެކަމަށް އުންމީދުކުރައްވާ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން