އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް އާއި އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް އައްޔަނު ކުރުމަށް ރައީސް ޑރ. މުޢިއްޒު މަޖިލީހަށް ހުށައެޅުއްވި ބޭފުޅުން އެ މަޤާމުތަކަށް ޢައްޔަނު ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ޒާހިދާއި ސަލާމް އީސީގެ މެންބަރުކަމަށް އަދި ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިހާރު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމަށް މުހައްމަދު ޒާހިދު ދަފުތަރު ނަމްބަރު ރސ. 1548، އައްޔަންކޮށް، ނައިބު ރައީސް ކަމަށް އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ، އައްޔަން ކުރަން، މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.
ހަމައެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް ރ. އަލިފުށި، ފަސާނާ، އަބުދުﷲ ނާޝިދު އައްޔަން ކުރަން، މަޖިލީހުން ރުހުންދޭން ފެންނަ ކަމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މިބޭފުޅުންނަށް ރުހުންދޭން ކޮމިޓީން ފާސްކޮށްފައި ވަނީ، އެ ބޭފުޅުން ކޮމިޝަންތަކުގެ މެންބަރުކަމަށް އައްޔަންކޮށްފައި ވަނީ، އެބެފުޅުންގެ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައި މީގެކުރިން މަޖިލީހުން ރުހުންދީގެން ކަމަށްވާތީ، އިތުރު އިންޓަވިއުއެއް ކުރުމެއް ނެތިއެވެ.
ކޮމިޓީގެ މި ނިންމުމާއެކު ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާގައި މި މައްސަލައަށް ވޯޓަށް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލު