ދުނިޔޭގެ ނިސްބަތުން ބަލާއިރު ތަފާތު އެކިކަހަލަ ކިޑްނީގެ މައްސަލަތައް ދިމާވެފައިވާ މީހުން އިންތިހާއަށް ގިނައެވެ. ކިޑްނީގެ މައްސަލަތައް ގިނަފަހަރަށް ދިމާވެ، އެ މައްސަލަތައް ގޯސްވަނީ އޭގެ އަލާމާތްތަކަށް މާ ބޮޑަށް ސަމާލުކަން ނުދެވޭތީއެވެ. ނުވަތަ އެ އަލާމާތްތައް ފާހަގަ ކުރަން ނޭގޭތީއެވެ. މިކަމުގެ ސަބަބުން މައްސަލަތައް ގޯސްވެ، މީހާގެ ފުރާނައަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ.
ކިޑްނީގެ މައްސަލަތައް ޖެހުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް އެބަ ވެއެވެ. އޭގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި، ހަކުރު ބަލި ހުރުމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރުން އާއިލާގައި އެ ބަލި ޖެހިފައިވާ މީހުން ތިބުން ހިމެނެއެވެ.
މި ބަލި ތަހައްމަލް ކުރާ މީހުންގެ ފަރާތުން އެކިކަހަލަ އަލާމާތްތައް ފެންނާނެއެވެ. އޭގެ ތެރޭގައި ކުޑަކަމުދާއިރު ވޭން އިހުސާސް ކުރެވުމާއި، ލޭ އައުމާއި، ފޮނުގަދަވުމުގެ އިތުރުން ކުޑަކަމުދެވޭ ވަރަށް ބަދަލު އައުން ހިމެނެއެވެ. އަދި ވަރުބަލިކަން އިހުސާސް ކުރެވުމާއި، ބޮލުގައި ރިއްސުމާއި، ހަށިގަނޑުގެ ފިނި ހޫނުމިނަށް ބަދަލު އައުމަކީވެސް ކިޑްނީ ބަލި ހުންނަނަމަ ފެނިދާނެ އަލާމާތްތަކެވެެ.
ކިޑްނީ ބަލިތަކުން ރައްކާތެރި ވެވޭނީ ކޮންމެ މީހަކުވެސް އަމިއްލައަށް އެކަމަށްޓަކައި މަސައްކަތް ކޮށްގެންނެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި ގިނައިން ފެން ބުއިމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާއި، އަބަދުވެސް ހަރަކާތްތެރިވެ އުޅެ ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުން ހިމެނެއެވެ. އަދި ކެއުމުގައި ލޮނު މަދު ކުރުމާއި، ޑޮކްޓަރުގެ ލަފާ ނުހޯދައި ބޭސް ބޭނުން ނުކުރުމަކީވެސް ކިޑްނީގެ ބަލިތަކުން ރައްކާތެރިވާން ކުރަން ޖެހޭ ކަންކަމެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކިޑްނީ ބަލިތަކުގެ އަލާމާތްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެފަދަ އަލާމާތެއް ފެނިއްްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި، އެކަމުން ސަލާމަތްވުމަށްޓަކައި އަަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު