މަރްޔަމް ނަހްދާ ވަޙީދު   16 ފެބްރުއަރީ 2025 - 6:40
ނިދަން އުނދަގޫވުން- ގޫގުލް އިމޭޖެސް
ނިދަން އުނދަގޫވުން- ގޫގުލް އިމޭޖެސް
މީހާގެ ދުވަސް ރަނގަޅަށް ގޮސް، މީހާގެ ސިކުނޑީގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ހަމަ ނިދި ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ރޭގަނޑުގެ އަރާމު ނިދިން މީހާ މަހުރޫމް ވާ ފަހަރުވެސް އާދެއެވެ. ވީމާ މިފަހަރު މި ހިމަނާލަނީ ނިދަން އުނދަގޫވާނަމަ ނިދުމުގެ ކުރިން ކައިބޮއި އުޅެންވީ ބައެއް އެއްޗެއްސެވެ.

ކިރު

ކިރަކީ އޭގައި ގިނަ އަދަދަކަށް ޓްރިޕްޓޮފާން އެކުލެވޭ އެއްޗެކެވެ. މި މާއްދާއަކީ ހަށިގަނޑުގައި ސެރެޓޮނިން އަދި މެލެނިން އުފެއްދުމުގައި އެހީވެދޭ މާއްދާއެކެވެ. އެހެންވެ މި ބޭނުން ކުރުމުން މީހާގެ ސިކުނޑި ހަމައަކަށްއެޅި، ފިކުރުތަކާ ދުރަށް ދެވި، ފަސޭހަކަމާއެކު ނިދޭނެއެވެ.

ކައްޓަލަ

ކައްޓަލައަކީ އޭގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އާއި، ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން މީހާގެ މަސްތައް ރިލެކްސްވެ، ނިދުމުގައި އެހީވެދޭ ހޯމޯނުތައް ރެގިއުލޭޓުވެ، އޭގެ ސަބަބުން މީހާއަށް ރޭގަނޑުގެ އަރާމު ނިދި ލިބެއެވެ.

އޯޓްސް

އޯޓްސް އަކީ އޭގައި ގިނަ އަދަދަކަށް މެލެޓޮނިން އާއި ކާބޯހައިޑްރޭޓްސް ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން މީހާ ސްޓްރެސް އާ ދުރުވެ، މީހާއަށް ހަަމަޖެހިލައިގެން އޮވެވެއެވެ. އަދި ރޭގަނޑުގެ ހަމަ ނިދިވެސް ލިބޭނެއެވެެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން