އިސްރާއީލާއި ހަމާސް އިން ހަ ވަނަ ފަހަރަށް ހަނގުރާމައިގެ އަސީރުންނާއި ގައިދީން ބަދަލުކޮށްފައިވާއިރު، އިސްރާއީލުން މިނިވަންކުރި ފަލަސްތީނުގެ ހަތަރު މީހެއްގެ ހާލު ނާޒުކުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފިއެވެ.

މި ހަނގުރާމައިގައި އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 369 މީހުންގެ ބަދަލުގައި ޣައްޒާގައި ބަންދުކޮށްފައި ތިބި ތިން މީހަކު ދޫކޮށްލާފައިވެ އެވެ.

ނިރުބަވެރިން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ ދޫކޮށްލި ފަލަސްތީނުގެ ހަތަރު މީހުންގެ ހާލު ނާޒުކުވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާއިރު އަނެއް ބަޔަކު ބުނާ ގޮތުގައި އެމީހުން ދޫކޮށްލި ވަގުތާ ހަމައަށް އިސްރާއީލުގެ ސިފައިން އެމީހުންނަށް ހަމަލާދީ ފުރައްސާރަކުރި އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި އީރާނުގެ ނުފޫޒު ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މެދުއިރުމަތީގެ ހަ ދުވަހުގެ ދަތުރެއްގެ ތެރެއިން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ޓެލް އަވީވަށް މިހާރު ވަނީ ވަޑައިގެންފަ އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމައިގައި 48،239 މީހުން މަރުވެފައިވާއިރު، 111،676 މީހުން ވަނީ ޒަޚަމްވެފައެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓުކުރާ ގޮތުގައި ގެއްލިފައިވާ އެތައް ހާސް ބަޔަކު މިހާރު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ މަރުވި މީހުންގެ އަދަދު 61،709 އަށް ވަނީ އިތުރުކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން