އައްޑޫގައި ކުރިޔަށް ގެންދިޔަ ސާފްކުރުމުގެ ޙަރަކާތުގެ ތެރެއިން
އައްޑޫގައި ކުރިޔަށް ގެންދިޔަ ސާފްކުރުމުގެ ޙަރަކާތުގެ ތެރެއިން
ކުރިއަށް އޮތް ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، އައްޑޫ ސިޓީ ސާފު ކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫގެ އެކިއެކި މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަދި ސްކޫލްތަކުގެ އެއްބާރުލުމާއެކުގައި ކަމަށެވެ.

"ސާފު އައްޑޫ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޚާއްޞަ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ އައްޑޫ ސިޓީގެ އެކި އަވަށްތަކަށް ބަހާލައިގެން ކަމަށް ކައުންސިލުން މަޢޫލޫމާތު ދީފައިވެއެވެ.

“މި ޕްރޮގްރާމްގެ ތެރެއިން ގިނަ އަދަދެއްގެ ކުނި ނެގި، ރަށްތަކުގެ ސާފުތާހިރުކަން އިތުރުވެގެން ދިޔަކަން އުފަލާއެކު ފާހަގަކުރަން.” ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.



އައްޑޫ ސިޓީ ކައުންސިލުން ވަނީ މިފަދަ މުހިންމު ޕްރޮގްރާމެއް ފުރިހަމަ ގޮތެއްގައި ކުރިޔަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

އައްޑޫގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އިއްޔެ ރަށުތެރެ ސާފުކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން