މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 334،000 އިން މައްޗަށް އަރައިފި އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ’ޓޫރިސްޓް އެރައިވަލްސް‘ ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 334،698 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 8.2 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 309،411 ފަތުރުވެރިން ޒިޔާރަތްކުރި އިރު

މިހާރު ރާއްޖެ އަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 7،276 ފަތުރުވެރިން އައިސްފައި ވެއެވެ. ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ފަސް ގައުމަކީ ޗައިނާ (53،222 ފަތުރުވެރިން)، ރަޝިއާ (32،721 ފަތުރުވެރިން)، އިނގިރޭސިވިލާތް (31،925 ފަތުރުވެރިން)، އިޓަލީ ވިލާތް (30،159 ފަތުރުވެރިން) އަދި ޖަރުމަން ވިލާތް (19،751 ފަތުރުވެރިން) އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން