ގިނަ ދުވަސްތަކަކަށްފަހު ވެރިކަންކުރާ ޕީއެންސީގެ ޖަގަހައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަޑައިގެންފިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް މިއަދު އެކްސްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ފެންނަގޮތުން، ޢަބްދުއްރަހީމް ވަނީ މިއަދުގެ ވަގުތެއްގައި ޕީއެންސީ ޖަގަހައަށް ވަޑައިގެން ޕީއެންސީގެ އިސް ބައެއް ބޭފުޅުންނާ އެކު ބައްދަލުވުމެއް ބާއްވަވާފައެވެ.

ނުރަސްމީ ގޮތަކަށް ގެންދެވި މި ބައްދަލުވުމުގައި ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ރައްޒާޤް ހަލީމް، ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް އަދި އެ ނޫންވެސް ބައެއް ބޭފުޅުން ތިއްބެވިއެވެ.

ޢަބްދުއްރަހީމް ޕީއެންސީއާ ގުޅޭ ކަމެއްގައި މިހާ ހާމަކޮށް މިއަދު ފެނިފައި މިވަނީ، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޢަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ކުއްލިގޮތަކަށް އެ މަގާމުން ރައީސް ވަކިކުރެއްވުމާ ގުޅިގެން ރައީސްއާ އޮތް ގުޅުން ކުރިން އޮތްގޮތަށް އޮތްނަމަ ފައިސަލަށް އެހެން ނުހައްދަވާނެކަމަށް ވިދާޅުވުމަށްފަހު މީޑިއާއާ ވަރަށް ދުރުގައި ހުންނެވުމަށްފަހުއެވެ. އަދި އެންމެފަހުން ބޭއްވި އެ ޕާޓީގެ ސެނެޓް ބައްދަލުވުމުގައި ވެސް ޢަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މިއަދު ޕީއެންސީ ޖަގަހައަށް ވަޑައިގެންނެވުމަށްފަހު ނުކުމެވަޑައިގެން ވަގުތު ނޫސްވެރިންވަނީ ޢަބްދުއްރަހީމާއި ސުވާލު ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ޢަބްދުއްރަހީމް ވަނީ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބޭނެކަމަށް ވިދާޅުވެ އެތަނުން ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން