ޣައްޒާގެ މުސްތަގުބަލާ މެދު އެމެރިކާ އާއި އިސްރާއީލުގެ ވިސްނުން އެއްގޮތް ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އިސްރާއީލާއި އެމެރިކާއިން ޣައްޒާގެ މުސްތަގުބަލާ މެދު އެއްގޮތް ވިސްނުމެއް ގެންގުޅޭ ކަމަށާއި އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން އެ ސަރަހައްދުން ވަކިކުރުމަށް ރާވާފައިވާ ޕްލޭނަށް ތައުރީފު ކުރައްވާ ކަމަށެވެ.

އިސްރާއީލް-ފަލަސްތީން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކާ ގުޅޭގޮތުން ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯފް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާއާ ބެހޭ މަޝްވަރާތައް މި ހަފްތާގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްރާއީލުގެ އޮފިޝަލުން ހޯމަ ދުވަހު މިސްރުގެ ވެރިރަށް، ޤާހިރާއަށް ދަތުރުކުރާނެ ކަމަށް ނަތަންޔާހޫގެ އޮފީހުންވެސް ބުނެފައިވާ ކަމަށެވެ.

ހިޒްބުاللهގެ ސެކްރެޓަރީ ޖެނެރަލް ނާއިމް ޤާސިމް ވިދާޅުވީ އެމެރިކާއިން އެހީތެރިވެދީގެން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ގޮތުން ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިސްރާއީލުގެ ސިފައިން ލުބުނާނުން މުޅިން ފައިބަން ޖެހޭނެ ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 48،271 މީހުން މަރުވެފައިވާއިރު، 111،693 މީހުން ވަނީ ޒަޚަމްވެފައެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންނާއި ގެއްލިފައިވާ އެތައް ހާސް ބަޔަކު މިހާރު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ މަރުވި މީހުންގެ އަދަދު 61،709 އަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން