ޖަލަށްލި ޓީވީ ޕްރެޒެންޓަރު ފަޖުރު--
ޖަލަށްލި ޓީވީ ޕްރެޒެންޓަރު ފަޖުރު--
އިސްރާއިލާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ގޮވާލި ކުވޭތުގެ ޓީވީ ޕްރެޒެންޓަރެއް ޖަލަށް ލައިފި އެވެ.

ކުވޭތުގެ ޓީވީ ޕްރެޒެންްޓަރު ފަޖުރު އަލް ސައީދު 2019 ވަނަ އަހަރުވެސް ވަނީ އިސްރާއިލާއެކު ގުޅުން ގާއިމުކުރަން ތާއިދުކުރާކަން ހާމަކޮށްފަ އެވެ.

އެކަން އެހެން އޮއްވައި އިސްރާއިލުން ޣައްޒާގައި ބޮޑު ގަތުލު އާންމެއް ފެށިފަހުން ވެސް ފަޖުރު އިސްރާއިލުގެ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އިސްރާއިލާ ގުޅުން ގާއިމުކުރަން މިހާރުވެސް ވަރަށް ބޮޑަށް ބޭނުންވާކަން ހާމަކޮށްފަ އެވެ.

އެހެންވެ ގިނަ ބައެއް ރުޅިވެރިކަން ފަޖުރުއަށް އިތުރަށް އަމާޒުވެފައި ވަނިކޮށް ކުވައިތުގެ ކޯޓަކުން މިހާރު ވަނީ ފަޖުރުގެ މައްޗަށް ގިނަ ދައުވާތަކެއްކޮށް އޭނާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

އެގޮތުން ދައުލަތުގެ ކަންކަމުގެ ތެރެއަށް ވަނުންވެސް އެނާގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެ އެވެ.

ބަހުރެއިން، ޔޫއޭއީ ފަދަ ގައުމުތަކުން އިސްރާއިލާ ސިޔާސީ ގުޅުން މި ފަހުން ގާއިމުކުރި ނަމަވެސް ކުވޭތުން ދަނީ އިސްރާއިލާ ގުޅުން ގާއިމުކުރަން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން