އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރޯދައަށް އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރަން 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް ފޮނުވައިފި އެވެ.

ފަހަކަށް އައިސް އައްޑޫގެ ކަރަންޓުގެ ހާލަތު ގޯސްވާން ދިމާވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ތިން ޖެނެރޭޓަރަށް މައްސަލަ ދިމާވެ އެއް ޖެނެރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާލުވުމުން ނެވެ.

އެހެންވެ ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިވެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ދިޔައީ ކަރަންޓް ކަނޑަމުން ނެވެ.

އެހެންވެ ރޯދައަށް ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޯޓުގެ ޖެނެރޭޓަރެއް ހޯދައި ލޭންޑިން ކްރާފްޓަށް ލޯޑުކޮށްފައިވާ ކަަމަށް ފެނަކައިން ބުނެފައި ވެއެވެ.

ފެނަކައިން އިތުރަށް ބުނި ހަލާކުވި އެއް ޖަނެރޭޓަރު ހަދައިފައިވާ ކަމަށާއި އަދި ދެވަނަ ޖެނެރޭޓަރު މަރަމާތުކޮށް މި ހަފްތާ ހިންގަން ފެށޭނެ ކަމަށެވެ.

އަދި ތިން ވަނަ ޖެނެރޭޓަރު ހަދަން ބޭނުންވާ ސްޕެއާ ބޭރުން ގެނެސް އެ ޖެނެރޭޓަރުވެސް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހިންގަން ފެށޭނެކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން