އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ”ނަސްލު ސާފުކުރުމުގެ ޕްލޭން“ އާ އެއްގޮތަށް ޣައްޒާގައި ނިރުބަވެރި އިސްރާއީލުގެ އިދާރާއެއް ގާއިމުކޮށް ޣައްޒާ ދޫކޮށް ދާން ބޭނުންވާ ފަރާތްތަކަށް އެހީވާން އިސްރާއީލުން ފަށައިފިއެވެ.

އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ޣައްޒާ ދޫކޮށް ދާން ބޭނުންވާ ހުރިހާ ފަރާތަކަށް މިހާރު އޮތީ އެ ފުރުސަތު ހުޅުވާލާފައެވެ. ޔަހޫދީންގެ މަކަރުވެރި ރޭވުންތަކުގެ ތެރެއިން ހިންގަމުންދާ މި ހަރަކާތަކީ ޣައްޒާގެ ބިން އަތުލުމުގެ ބޭނުމުގައި އިސްރާއީލުން އަޑީގައި އޮވެ އެމެރިކާގެ ނަމުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ނިރުބަވެރި އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލާއި ހަމާސްގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން ޣައްޒާއިން ހައްޔަރުކުރި ހަތަރު އަސީރުން ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ހަވާލުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 48،271 މީހުން މަރުވެފައިވާއިރު، 111،693 މީހުން ވަނީ ޒަޚަމްވެފައެވެ. ސަރުކާރުގެ މީޑިއާ އޮފީހުން ލަފާކުރާގޮތުގައި ގެއްލިފައިވާ ފަލަސްތީނުގެ އެތައް ހާސް ބަޔަކު މިހާރު މަރުވެފައިވާ ކަމަށް ނިންމައި މަރުވި މީހުންގެ އަދަދު 61،709 އަށް ވަނީ އިތުރުކޮށްފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން