ބަޑިން ހަމަލާދިން މޯޑެޗައި ބްރަފްމެން--
ބަޑިން ހަމަލާދިން މޯޑެޗައި ބްރަފްމެން--
އެމެރިކާގައި ދިރިއުޅޭ ހައްދު ފަހަނައަޅާފައިވާ ޔަހޫދީއަކު، ދެ ޔަހޫދީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އިއްޔެ އެމެރިކާގެ ފްލޮރިޑާގެ ބީޗުގައި މޯޑެޗައި ބްރަފްމެން ނަމަކަށް ކިޔާ ޔަހޫދީ މީހާ ބަޑިން ހަމަލާ ދިނީ ފަލަސްތީނުގެ ބައެއް ކަމަށް ހީކޮށްކަމަށް އޭނާ ފަހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ހަމަލާގައި ޒަހަމްވީ އެމެރިކާގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިސްރާއިލުގެ ޔަހޫދީ ދީނުގެ ފިރިހެނަކާއި އޭނާގެ ފިރިހެން ދަރިފުޅެވެ.

އެ ހަމަލާގައި ބްރަފްމެން 17 ވަޒަން ފޮނުވާލިއިރު ޒަހަމްވި ދެބަފައިން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ނެވެ. ނަމަވެސް އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވެއެވެ.

ހަމަލާއާ ގުޅިގެން ބްރަފްމެންއަށް މީހަކު މަރަން އުޅުނު ކަމުގެ ދައުވާ ކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ބްރަފްމެންއަކީ އިސްރާއިލަށް އިންތިހާއަށް ސަޕޯޓްކުރާ މީހެކެވެ.

އިސްރާއިލުން ޣައްޒާގައި ފާއިތިވި އަހަރަށް ވުރެ ގިނަ ދުވަހު ގަތުލު އާންމު ހިންގި އިރު އެމެރިކާގެ ބައެއް ޔަހުދީން ވެސް ވަނީ ފާޅުގައި އެ ގަތުލު އާންމަށް ތާއިދުކޮށްފަ އެވެ. ނަމަވެސް އެެމެރިކާގައި އުޅޭ ގިނަ އަދަދެއްގެ ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި ވާހަކަ ދައްކާ އިސްރާއިލުގެ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިވެސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން