އިސްރާއީލް-ފަލަސްތީން ހަނގުރާމައިގައި އަސީރުންގެ ގޮތުގައި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަރާތްތަކަށް އަނިޔާކުރާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް އެބަ ތިއްބެވެ. ހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމަށް ފަހު ބައެއް އަސީރުން މިނިވަންކޮށްފައިވާއިރު ގިނަ މީހުން ތިބީ ނުކުޅެދޭ މީހުންނަށް ހަދާލާފައެވެ.

އަނިޔާވެރިކަން އިންތިހާއަށް އޮތް އިސްރާއީލުގެ ޖަލުތަކުގައި ގެންގުޅޭ ފަލަސްތީނު މީހުންނާ މެދު މުއާމަލާތު ކުރަނީ އެމީހުންގެ ކާބައިންނާ މެދު ނާޒީން ކަން ކުރި ގޮތަށް ވުރެން ނުލަފާކޮށް އަދި އަނިޔާވެރި ކަމަށް ބައެއް އަސީރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އިސްރާއީލުން މިނިވަން ކުރި ފަލަސްތީނުގެ އަސީރުންގެ ތެރޭގައި ހިމެނޭ އަސީރެއް ކަމަށްވާ ޚަލީލު ސިޓީގެ މަހްމޫދު ޝްރެއިތަހު ބުނަނީ ހަތެެއް އޮކްޓޫބަރުގެ ފަހުން ނާޒީ ޒަޔަނިސްޓުންގެ އަނިޔާވެރިކަން ޖަލުތަކުގައި އިންތިހާއަށް އިތުރު ވެގެން ދިޔަ ކަމަށެވެ.

ޝްރެއިތަޙުއާ ހަވާލަދީ އަލްޖަޒީރާއިން ބުނާ ގޮތުގައި މި ދުވަސްވަރަކީ ފަލަސްތީނުގެ ގައިދީންގެ ތާރީޚުގައި އެންމެ އުނދަގޫ އަނިޔާވެރި ހާލަތާ ކުރިމަތިލާން ޖެހުނު ދުވަސްވަރު ކަމަށެވެ. އަދި މިހާރު ގައިދީންގެ މެދުގައި ގައިން ގަޔަށް އަރާ ބަލިތަކާއި ހަމުގެ ބަލިތައްވެސް އާންމު ވެފައިވާ ކަމަށް އޭނާ ބުންޏެވެ. ސާފުތާހިރު ކޮށް ގޮޅިތައް ނުބެހެއްޓުމަށް ޖަލުގެ ޑިރެކްޓަރުން އަމިއްލައަށް އަންގައި ސާފު ކުރުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓުވާފައެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުން އެމެރިކާއާ މަޝްވަރާކުރި ފަހުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަމަލުކުރަމުންދަނީ ވަރަށް ބޮޑަށް އަނިޔާވެރިކޮށެވެ. އަދި އެއްވެސް ޖެހިލުމެއް ނެތި އެއްވެސް އުމުރަކަށް ބެލުމެއް ނެތި އަނިޔާކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން