ޤާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ އެކަން ކުރުމަށް ކަނޑައަޅާފައިވާ އިޖުރާޢަތާ އެއްގޮތަށް ނޫން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާ ގޮތަށް ހަދައިދިނުމަށާއި އެ އިސްލާޙް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މިމައްސަލަ ހުށަހެޅުއްވީ ވެސް ޢަލީ ޙުސައިނެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަލީ ޙުސައިން ވިދާޅުވީ ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ އެކަން ކުރަން އޮންނަ އިޖުރާއަތާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގެ 12 ވަނަ ޗެޕްޓަރުގައި ޤާނޫނު އަސާސީ އިސްލާހުކުރަން އޮންނަ އިޖުރާއަތްތައް މަޖިލީހުން ފުރިހަމަކުރިކަމަށް ފެނުނު ނަމަވެސް މަޖިލީހުން ޢަމަލު ކޮށްފައިވަނީ އަވަސް އަރުވާލައިގެން މަޝްވަރާގެ އުސޫލަށް ޖާގަ ނުދީކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
އެހެންކަމުން ޤާނޫނު އަސާސީ އިސްލާޙު ކޮށްފައިވަނީ އިޖުރާޢަތްތަށް ފުރިހަމަ ކޮށްގެން ކަމަށް ދަޢުލަތުގެ ވަކީލުން ވިދާޅުވާތީ އެކަމާ އިއުތިރާޒު ކުރަށްވާ ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
“އެއްދުވަހެއްގައި ޤާނޫނު އަސާސީ އަށް ބޭނުންވާ އިސްލާޙެއް ހުށައަޅައި، ހަމައެދުވަހު މަޖިލީހުގައި ހިންގަންޖެހޭ 3 ކިޔުން ހިންގައި ހަމަ އެދުވަހު ގާތްގަނޑަކަށް 9 ވަރަކަށް ގަޑިއިރުގެ ތެރޭގައި ތަސްދީޤު ކުރީމާ އެއީ ޤާނޫނު އަސާސީގެ މަފްހޫމަށް ބެލީމާ އިޖުރާޢަތްތައް ފޮލޯ ކުރިކަމަށް ބެލޭނޭ ޖާގައެއް ނެތްކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ.” ޢަލީ ޙުސައިން ވިދާޅުވިއެވެ.
އޭގެ އިތުރުން ޢަލީ ޙުސައިން ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިނިވަން ވެގެންވުމަކީ އެ ނިޒާމުގެ އަސާސީ އޮނިގަނޑުގެ ސިފައެއް ކަމަށެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށާއި ސަބަބަކީ މަޖިލީހުގެ އިސްލާޙުގެ ސަބަބުން ޤާނޫނު އަސާސީގެ އޮނިގަނޑުގެ ސިފައެއް އުނަވުމުގެ ފުރުސަތު އޮތުމުން ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.
ނަމަވެސް ދަޢުލަތުގެ ވަކީލުން މިއަދު ކޯޓުގައި ވިދާޅުވީ މި އިސްލާހަކީ ގާނޫނުއަސާސީ އިސްލާހުކުރަން އޮންނަ އިޖުރާތްތައް ފުރިހަމަކޮށްގެން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ނޮވެންބަރު 20 ގައެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓްގެ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު ޑރ. މުޢުތަސިމް ޢަދުނާނެވެ. ބެންޗުގައި ދެން ތިއްބަވަނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާއި، ފަނޑިޔާރު ޙުސްނުއްސުއްސުޢޫދު އާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

ކިޔުންތެރިންގެ ހިޔާލު