މާލިއްޔަތު ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--
މާލިއްޔަތު ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް އިދާރާތަކުގެ މުސާރަ ކުޑަކުރަން ހުށަހެޅި ނަމަވެސް އެކަން ނުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުސާރަތައް ކުޑަކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންނާއި ބޭންކްތައް ފިޔަވައި ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ދެ އަހަރަށް އުނިކުރަން ނިންމިކަން ރައީސް މުއިއްޒު ވަނީ އިއުލާން ކުރައްވާފަ އެވެ.

އޭގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުވައްސަސާތަކުގެ ކޮމިޓީތަކުގެ އިސްވެރިންނާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރަތަކުން 10 ޕަސެންްޓް އުނިކުރަން އެދޭނެކަމަށް ވެސް ރައިީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ނަމަވެސް މުސާރައަށް ބަދަލު ގެނެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެެނެސްގެން ކަމަށް މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ. އަދި އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަކަށްވާތީ މުސާރަތައް ކުޑަކުރުމަކީ އިންސާފުވެރި އަދުލުވެރިގޮތެއް ނޫން ކަމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެހެންވެ މަޖިލީހުގެ މެމްބަރުންނާއި، މިނިވަން މުވައްސަސާތަކުގެ އިސްވެރިންނާއި އަދި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރަކުޑަކުރަން މި ވަގުތަށް ނުފެންނަކަމަށް ރައީސް މުއިއްޒުއަށް ދަންނަވަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން