އައިޑީ ކާޑުގައި އެޑްރެސް ޖަހާއިރު ހުޅުމާލޭގެ ބަދަލުގައި ހމ. ޖަހަން ނިންމައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނީ ހުޅުމާލެ ފިޔަވައި މާލޭގެ ހުރިހާ އަވަށެއްގެ ގޯތި ނުވަތަ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އަވަށުގެ ނަން އައިޑީކާޑުގައި ލިޔަމުން އައީ އެ އަަވަށެއް ނިސްބަތްވާ އަކުރު އެޑްރެސްގެ ކުރިއަށް ހިމަނައިގެން ކަމަށެވެ.
އެހެންވެ އެޑްރެސްގެ ގޮތުގައި ހުޅުމާލެ ޖެހުމުގެ ބަދަލުގައި ހމ. ޖަހަން މާލޭ ސިޓީ ކައުންސިލުން ސިޓީއަކުން އެދިފައިވާ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.
އެހެންވެ މިއަދުން ފެށިގެން އައިޑީކާޑުގައި، ހުޅުމާލެ ޖެހުމުގެ ބަދަލުގައި ހމ. އަދި އިނގިރޭސިން އެޗް އެމް ޖަހަން ނިންމާފައިވާ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.
އެ ބަދަލު ގެނަޔަސް ކުރިން ބޭނުންކޮށްފައިވާ އައިޑީ ކާޑުތައް މުއްދަތު ހަމަވަންދެން ބޭނުންކުރެވޭނެ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު