ގާނޫނުގައިވާ ގޮތުގެ މަތިން ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ރޯދަ އިނާޔަތް ދޭން އަނެއްކާވެސް ލޭބަރ ރިލޭޝަން އޮތޯރިޓީން (އެލްއާރްއޭ) އިން ހަނދާން ކޮށްދީފިއެވެ.
ވަޒީފާގެ ގާނޫނުގައި ވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ޖެހެއެވެ.
އެލްއާރްއޭއިން މިއަދު ބުނީ ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ދިންކަމުގައި ވީނަމަވެސް، ގާނޫނާއި އެއްގޮތަށް ބައެއް ފަރާތްތަކުން އެ އިނާޔަށް ދެމުން ނުދާކަމަށް އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ފާއިތުވެދިޔަ އަހަރުތަކުގައި ބައެއް ފަރާތްތަކަށް ރޯދަ އިނާޔަތް ލިބިފައި ނުވާތީ އެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެލްއާރްއޭއިން ފާހަގަ ކޮށްފައި ވެއެވެ.
އެލްއާރްއޭއިން ބުނެފައިވަނީ ރޯދަ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކު ސެކްޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭން ވާނެ ކަމަށެވެ.
އެގޮތުން ރޯދަ އިނާޔަތް ހައްގުވާ ފަރާތްތަކުގެ ތެރޭގައި ދާއިމީ މުވައްޒަފުންގެ އިތުރުން ވަޒީފާ އަދާ ކުރާ ވަގުތީ މުވައްޒަފުން އަދި ޕްރޮބޭޝަން މުއްދަތުގައި ތިބޭ ފަރާތްތައްް ހިމެނޭ ކަމަށްވެސް އެލްއާރްއޭ އިން ބުނެފައި ވެއެވެ.
ވީމާ ވަޒީފާ އަދާކުރާ ފަރާތްތަކަށް އެމީހުންނަށް ހައްގުވާ ރޯދަ އިނާޔަތް ގާނޫނުގައިވާ ގޮތުގެ މަތިން ދިނުމަށް އެ އިދާރާއިން ވަނީ ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
އަދި ރޯދަ މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް އިނާޔަތް ލިބިފައިނުވާނަމަ، އެކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅޭނެ ކަމަށް އެލްއާރްއޭއިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު