ފަސޭހަކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންޓަނެޓް ބޭންކިން އަޕްގްރޭޑްކޮށްފިއެވެ.

ދާދި ފަހުން ސަރުކާރުން ތައާރަފްކުރި ޑޮލަރު މާރުކުރުމުގެ އުސޫލާއިއެކު ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހިފައިވާއިރު ލުއި ފަސޭހަކަމާއި ރައްކާތެރި ކަމާއިއެކު ޑޮލަރު މާރުކުރެވޭނެ ގޮތެއްގެ ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގައި އެމްއައިބީއިން ތައާރަފްކުރި މި ހިދުމަތާއިއެކު ގިނަ ލުއި ފަސޭހަތަކެއް ލިބޭނެއެވެ.

މި ހިދުމަތުގެ އެންމެ މުހިންމު އެއްސިފައަކީ ރައްކާތެރިކަމެވެ. މި ހިދުމަތް ވިޔަފާރިތަކަށްވެސް އަދި އަމިއްލަ ފަރުދުންނަށްވެސް ލިބޭނެއެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް މި ޕޯޓަލަށް ވަދެ އެމްއެމްއޭއިން ލާޒިމް ކުރާ މައުލޫމާތު ފުރުމަށްފަހު ޑޮލަރު މާރު ކުރުމުން ވަގުތުން އެ ފަރާތެއްގެ ރުފިޔާ އެކައުންޓަށް ރުފިޔާ ޖަމާވާނެއެވެ.

އެމްއައިބީގެ އިންޓަނެޓް ބޭންކިން ފައިސާނެޓަކީ ބޭނުންކޮއްލަން ފަސޭހަ ރައްކާތެރި ހިދުމަތެކެވެ. ޓޫ ފެކްޓާ އޯތެންޓިކޭޝަން ބޭނުން ކުރެވޭ މި ހިދުމަތަކީ ޑާކް މޯޑްވެސް އެކުލެވޭ ބޭނުން ކޮއްލަން ފަސޭހަ ހިދުމަތެކެވެ. ފަވަރައާއި އެކު މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާއިރު ފައިސާނެޓުން މިހާރު ވަނީ ބޭންކަށް ލިސްޓު ފޮނުވައިގެން މުސާރަ ޖާމާކުރުމުގެ ބަދަލުގައި 24 ގަޑިއިރު އަމިއްލައަށް ސެލެރީ ކޯޑުގައި ވަގުތުން މުސާރަ ޖަމާކުރެވޭ ބަލްކް ޓްރާންސްފާގެ ހިތުމަތްވެސް ތައާރަފްކޮށްފައެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ފުލީ ފްލެޖް އިސްލާމިކް ބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ރައްކާތެރި ގިނަ ހިދުމަތްތަކެއް ދެމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވޭ ރާއްޖޭގެ ހަމައެކަނި ބޭންކަކީ އެމްއައިބީއެވެ. ވަގުތުން ކާޑު ލިބޭއިރު މައުލޫމާތު އަޕްޑޭޓްކުރުމާއި ފައިނޭންސިންއަށް ވެސް އޮންލައިންކޮށް އެދެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން