މަރްޔަމް ނަހްދާ ވަޙީދު   24 ފެބްރުއަރީ 2025 - 19:4
އެމްއައިބީގެ ފައިސާވެއާ ޓެގް: ފޮޓޯ: އެމްއައިބީ
އެމްއައިބީގެ ފައިސާވެއާ ޓެގް: ފޮޓޯ: އެމްއައިބީ
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މިއަދު ފައިސާވެއާ ޓެގެއް ތައާރަފް ކޮށްފިއެވެ.

މި ފައިސާވެއާ ޓެގަކީ ކޭޝް ކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ ޓެގެއްް ކަމަށް އެމްއައިބީ އިން ވަނީ ބުނެފައެވެ.

އެމްއައިބީއިން ބުނެފައިވަނީ މި ޓެގަކީ ކަސްޓަމަރުން ބޭނުންވާ ކޮންމެ ތަނެއްގައިވެސް ތަތްކޮށްލެވޭ ޓެގެއް ކަމަށެވެ. އެގޮތުން މި ޓެގް ފޯނުގައާއި ކީޗެއިނުގައިވެސް ތަތްކޮށްލެވޭނެ ކަމަށް އެމްއައިބީއިން ބުނެފައި ވެއެވެ.

މި ޓެގް ޕޮސް މެޝިނެއްގައި ޖައްސާލުމުން ފަސޭހަކަމާއެކު މުދަލާއި ހިދުމަތަށް ފައިސާ ދައްކާލެވޭނެ ކަމަށް އެމްއައިބީއިން ވަނީ ބުނެފައެވެ.

އެމްއައިބީއިން ވަނީ 2024 ވަނަ އަހަރު ކޭޝްކާޑުގެ ބަދަލުގައި ބޭނުން ކުރެވޭ އަނގޮޓިއެއް ވެސް ތައާރަފްކޮށްފައެވެ.

އެމްއައިބީއިން ބުނެފައިވަނީ އެކި ޑިޒައިނުތަކުގައި ލިބެން ހުންނަ މި އަނގޮޓި އަށް ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އާ ޑިޒައިން ތަކެއްގެ އަނގޮއްޓި މާކެޓަށް ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއައިބީއިން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެހެން ބެންކުތައް ފަހަތައް ޖައްސާލައި އެމްއައިބީއިން ދަނީ ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ހިދުމަތްދީ، އެ ބޭންކުން ދޭ ހިދުމަތްތައް އަންނަނީ ފުޅާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން