ތިން ބާރުންކުރެ އެއްވެސް ބާރަކުން އަނެއް ބާރަށް އަރައިގަނެގެން ނުވާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅައި އެމައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަށާފައެވެ.
އެ މައްސަލާގައި ގާނޫނީ ފަރާތްތަކުގެ މެދުގައި ވެސް ދެކަފި ވިސްނުމެއް އޮތްއިރު ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ އިއްޔެވަނީ އެކަމުގައި އޭނާގެ ހިޔާލު ފާޅުކުރައްވާފައެވެ.
އެމެރިކާގެ މިސާލެއް ނަންގަވައި އިންތި ވިދާޅުވެފައިވަނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެކަމަށް ގަބޫލު ކުރައްވަނީ ރައްޔިތުންގެ މަޖިލީހަށް އެކަނިކަމަށެވެ.
އިންތިގެ ބަހަށް ތާއީދު ކުރައްވައި ފަލާޙް އެކްސްގައި ވިދާޅުވީ، ދައުލަތުގެ ތިން ބާރުން ކުރެ އެއްވެސް ބާރަކުން އަނެއް ބާރަށް އަރައިގަނެގެން ނުވާނެކަމަށެވެ.
އަދި ގާނޫނުއަސާސީ ހަދައި އިސްލާހުކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އަދި އަދުލު އިންސާފުގެ ދާއިރާއަށް އިތުބާރު ހޯދުމަކީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ.
އަދި އިންތިގެ ވާހަކައަކީ ސަތޭކައިގެ ވާހަކައެއްކަމަށް ވެސް ފަލާޙްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު