އިރާނުން ސީދާ އިސްރާއިލަށް އަނެއްކާވެސް ހަމަލާއެއް ދޭނެކަމުގެ ޔަގީންކަން އެ ގައުމުން ދީފި އެވެ.
މީގެ ކުރިން އާންމުކޮށް އިރާނުން އިސްރާއީލަށް ހަމަލާތައް ދެމުން ގެންދިޔައީ އިރާނުން މަދަދުދޭ ހަނގުރާމަވެރި ގްރޫޕްތައް މެދުވެރިކޮށެވެ. ނަމަވެސް މިދިޔަ އަހަރުގެ އޭޕްރީލް މަހު އީރާނުން ފުރަތަމަ ފަހަރަށް ސީދާ އިސްރާއިލަށް މިސައިލް ހަމަލާތަކެއް ދިނެވެ. އަދި އޭގެ ފަހުން އޮކްޓޫބަރު މަހު ވެސް އިރާނުން އިސްރާއިލަށް ސީދާ ހަމަލާތަކެއް ދިނެވެ.
ނަމަވެސް އޭގެ ފަހުން ސީދާ އިސްރާއިލަށް އިރާނުން ހަމަލާ ދީފައެއް ނުވެއެވެ.
އެކަމަކު އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ޑެޕިއުޓީ ކޮމާންޑަރު އަލީ ފަދާވީ މިއަދު ވިދާޅުވީ އިރާނުން އިސްރާއިލަށް ތިން ވަނަ ފަހަރަށް ހަމަލާ ދޭން ތައްޔާރުވަމުންދާ ކަމަށެވެ. ނަމަވެސް ހަމަލާ ދޭނެ ވަގުތެއް ހާމައެއް ނުކުރެއެވެ.
އިރާނުން އިސްރާއިލަށް ހަމަލާ ދޭނެކަން ހާމަކުރި އިރު މީގެ ދެ ދުވަސް ކުރިން އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިރާނުގެ ކަންކަން ނިންމާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަަވެސް ނަތަންޔާހޫގެ ވާހަކަތަކަށް ރައްދު ދީ އިރާނުން ބުނީ އިސްރާއިލަށް އިރާނަށް އެއްގޮތްވެސް ހަދާ ނުލެވޭނެ ކަމަށެވެ.
އިރާނުގެ ބާރު ސީރިއާ އަދި ލުބްނާނުން މިހާރު ގާތް ގަނޑަކަށް ކެނޑިފައި އޮތް ނަމަވެސް އިރާނުގެ މަދަދު ލިބޭ ޔަމަންގެ ހޫތީ ޖަމާއަތް އަދިވެސް އޮތީ ވަރުގަދަކޮށެެވެ.

ކިޔުންތެރިންގެ ހިޔާލު