އަވަށްޓެރި އިންޑިއާގައި ޓެކް ދާއިރާގެ އެންމެ ބޮޑު ކުންފުނި، ޓެސްލާއިން ހުޅުވާ ފިހާރަތަކަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ.
ޓެސްލާއަށް މުވައްޒަފުން ހޯދަން އިއުލާން ކުރީ އެމެރިކާގެ ވޮޝިންޓަނުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޓެސްލާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އިލޮން މަސްކު ބައްދަލު ކުރެއްވުމަށްފަހުއެވެ.
ރައީސް ޑޮނަލްޑު ޓްރަމްޕު އެމެރިކާގެ ރައީސް ކަމަށް ގެނައުމަށް މަސްކު ވަނީ ބޮޑު ކެމްޕޭނެއް ކޮށް ގިނަ އަދަދެއްގެ ފައިސާވެސް ހޭދަކޮށްފައެވެ. އެހެންވެ އޭނާ އަކީ ރައީސް ޓްރަމްޕުގެ އެންމެ ގާތް މީހާއަށް ވެފައިވާއިރު މިފަދަ ވިޔަފާރީގެ ފައިދާތައްވެސް މަސްކު ނަންގަވަނީ ސީދާ ގައުމުތަކުގެ ރައީސުންނާ ބައްދަލުކޮށްގެން ކަން ފާހަގަ ކުރެވެއެވެ.
ޓެސްލާގެ ވެބްސައިޓުގައި އަދި އިއުލާން ކޮށްފައި ވަނީ ދިހަވަރަކަށް ވަޒީފާއަށެވެ. އޭގައި، ވެރިރަށް ނިއުދިއްލީ އާއި އިގްތިސާދީ ހަބް މުމްބާއީ ގައި ޓެސްލާއިން ހުޅުވާނެ ކަމަށް ބެލެވޭ ކާރު ފިހާރައިގެ މެނޭޖަރުކަމާއި ސާވިސް ޓެކްނީޝަނުން ހޯދަން އިއުލާން ކޮށްފައި ވެއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އެއް ގައުމުގެ ގޮތުގައި ފާހަގަ ކުރެވޭ އިންޑިއާގައި ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަސްކު މީގެ ކުރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. ކުރިން މަސްކު ބުނެފައި ވަނީ އިންޑިއާގައި ފެކްޓްރީ އަޅާނެ ބިމަކާއި ޝޯރޫމް ހަދާނެ ތަންތަން ހޯދަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު