ނިރުބަވެރި އިސްރާއީލުން 15 މަސް ދުވަސް ވަންދެން ސުންނާފަތިކުރަމުން އައި ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް 50 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ބޭނުންވާނެ ކަމަށް އދ. އިން ބުނެފިއެވެ.
އދ. އިން މި އަދަދުތައް ހާމަކޮށްފައި މިވަނީ އަރަބި ގައުމުތަކުން ޣައްޒާ އާރާސްތުކޮށް އެތަނުގެ ރައްޔިތުންނަށް އެތަނުގައި އުޅެވޭނެ ގޮތް ހަދައިދޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.
އަރަބި ގައުމުތަކުން މިގޮތަށް މަޝްވަރާކުރަމުންދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްތީނުގެ ބިންތައް ހުސްކޮށް އެތަނުގެ ރަށްވެހިން ކައިރި ގައުމުތަކަށް ހިޖުރަކުރުމަށް ގޮވާލާފައެވެ. ނަމަވެސް ޓްރަމްޕުގެ މި ޕްލޭނަށް އަރަބި ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.
އަންގާރަ ދުވަހު ޝާއިއުކުރި ޣައްޒާ އެންޑް ވެސްޓް ބޭންކް އިންޓަރިމް ރެޕިޑް ޑޭމޭޖް އެންޑް ނީޑްސް އެސެސްމަންޓް (އައިއާރުޑީއެންއޭ) އިން ހިސާބުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން އޮކްޓޯބަރު 8، 2023 އާއި އޮކްޓޯބަރު 8، 2024 އާ ދެމެދު 49 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ އެގައުމަށް ލިބިފައެވެ.
އދ. ގެ ދިރާސާވެރިން ނިންމާފައިވަނީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ފަލަސްތީނުގެ ސަރަހައްދު އަލުން އާލާކުރުމަށް މިހާރު 53.2 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. އަދި ފުރަތަމަ ތިން އަހަރު ތެރޭގައި އެކަނިވެސް ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އިސްރާއީލުން 15 މަސް ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ބޯހިޔާވަހިކަމަށް ކަމަށް އދ. ގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ޣައްޒާގައި އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކުގައި ގާތްގަނޑަކަށް 292،000 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާކަމަށް އދ. ގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޣައްޒާގެ ސިއްހަތާއި ތައުލީމާއި ވިޔަފާރި އަދި ސިނާއަތުގެ ދާއިރާތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުންތައް ފޫބެއްދުމަށް އިތުރު 19.1 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި ޣައްޒާގެ 95 އިންސައްތަ ހޮސްޕިޓަލްތައް މިހާރު ބޭނުންނުކުރެވޭ ކަމަށާއި، އާންމު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް 83 އިންސައްތަ ދަށްވެފައި ކަމަށް ވެސް ދިރާސާވެރިން ވަނީ ރިޕޯޓުގައި ފާހަގަ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު