ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމަށް މީހުން ވެއްދުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި، ކަމާގުޅޭ އިޖުރާއަތުތައް ހަލުވި ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިއަދު ކުރިޔަށްދިޔަ އެންޑީއޭގެ ބޯޑުގެ 28 ވަނަ ބައްދަލުވުމާއި ގުޅޭގޮތުން އެންޑީއޭއިން ބުނީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކުގެ ތެރެއިން އެ އިދާއިރާގައި މަސައްކަތް ކުރަމުންދާ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި ގުޅޭގޮތުން މިއަދު މަޝްވަރާކުރެވުނު ކަމަށެވެ. އަދި އެފަރާތްތަކަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައި ވާކަމަށެވެ.

މި މަޝްވަރާގައި މުރާޖައާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުހަލާ އަވަސްކުރުމަށާއި އެ ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެންޑީއޭ އިން ބުންޏެވެ.

އެންޑީއޭއިން ބުނީ ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާ އެކަން ތަންފީޒު ކުރުމަށް މުރާޖަޢާ ކޮމިޓީއަށް އަންގާފައިވާ ކަމަށެވެ.

އެ އެޖެންސީ އާއި ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ފަށާފައިވާ ހާއްސަ އޮޕަރޭޝަންގައި، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވަނީ ވައްދާފައެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް އެންޑީއޭއިން މިވަގުތު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން